Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕެންޝަން އޮފީހުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ހާއްސަ ސެޝަނެއް ބާއްވައިފި

ޕެންޝަން އޮފީހުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ހާއްސަ ސެޝަނެއް ބާއްވައިފި

އައިޝަތު އިމްސާ
9 ގަޑިއިރު ކުރިން - 21 ސެޕްޓެންބަރު 2026 18:10
ސެޝަންގެ ތެރެއިން / ފޮޓޯ: ޕެންޝަން އޮފީސް
ސެޝަންގެ ތެރެއިން / ފޮޓޯ: ޕެންޝަން އޮފީސް
ޚުލާސާ

ޕެންޝަން އޮފީހުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ދަރިވަރުންނަށް "ކެރިއަރ ކޮމްޕަސް" ސެޝަނެއް ބާއްވައިފި. މި ސެޝަންގައި ވަޒީފާއަށް ތައްޔާރުވުމާއި، ސީވީ ހެދުމާއި، އިންޓަވިއު ހުނަރުގެ އިތުރުން ޕެންޝަން ސްކީމާއި މާލީ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދެވުނު.

ޕެންޝަން އޮފީހުގެ ފަރާތުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ހާއްސަ ސެޝަނެއް މިއަދު ވަނީ ބާއްވަފައެވެ. މި ސެޝަންގެ މައިގަނޑު މަގްސަދަކީ ދަރިވަރުން ސްކޫލް ނިންމައި ވަޒީފާގެ މާހައުލަށް ނުކުތުމަށާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މާލީ މިނިވަންކަން ހޯދުމަށް ބޭނުންވާ އަމަލީ އަދި އިލްމީއި ހުނަރު ފޯރުކޮށްދިނުމެވެ. އަދި ދަރިވަރުންނަށް މަތީ ތައުލީމަށާއި ވަޒީފާގެ މައިދާނަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކޮށް، އެކުދިންގެ މުސްތަގުބަލު ކާމިޔާބުކަމާއެކު ބައްޓަންކުރުމަށް ބޭނުންވާ މުހިންމު އަސާސީ މައުލޫމާތު ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސެޝަންގެ ތެރެއިން ކެރިއަރ ބައްޓަންކުރުމާއި، ކުރިއަށްދާނެ ދާއިރާއެއް އިހްތިޔާރުކުރުމުގެ އިތުރުން ސީވީ ތައްޔާރުކުރުމާއި، އިންޓަވިއުއަށް ބޭނުންވާ މުހިންމު ހުނަރުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެވުނެވެ. އެގޮތުން، ފުރިހަމަ ސީވީއެއް އެކުލަވާލާނެ ގޮތާއި، ތިމާގެ ހުނަރާއި ތަޖުރިބާ އެންމެ ރަނގަޅަށް ހުށަހަޅައިދޭނެ ގޮތްތަކުގެ އިތުރުން، ވަޒީފާއަށް އެދި ހުށަހެޅުމާއި އިންޓަވިއުއަށް ފުރިހަމައަށް ތައްޔާރުވާނެ ގޮތްތައް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާއި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ އަސާސީ މައުލޫމާތުތައްވެސް ދަރިވަރުންނާ ހިއްސާކުރެވުނެވެ. އަދި މުސްތަޤުބަލުގައި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒުވާން އުމުރުގައި ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރަން ފެށުމުގެ މުހިންމުކަމާއި، އެކަމަށްޓަކައި މިއަދު އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލާފައިވެއެވެ.

Advertisement

Advertisement 1

މިއީ ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމަށް އަހުލުވެރިކުރުވުމަށްޓަކައި ޕެންޝަން އޮފީހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިންމު ސެޝަނެކެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްޕެންޝަން އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕެންޝަން އޮފީހާއި ބީސީސީ ގުޅިގެން އަމިއްލަ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ޕެންޝަން އޮފީހާއި ބީސީސީ ގުޅިގެން އަމިއްލަ ވިޔަފާރިވެރިންނަށް ޚާއްޞަ ސެޝަނެއް ބާއްވައިފި

3 ދުވަސް ކުރިން - 11:22

ޒުވާނުން މާލީ މުސްތަގުބަލު ރޭވުމަށާއި ޕެންޝަންގެ ފުރުސަތުތަކަށް އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަނެއް ބާއްވައިފި

ޒުވާނުން މާލީ މުސްތަގުބަލަށް އަހުލުވެރިކުރުވަން ހާއްސަ ސެޝަނެއް ބާއްވައިފި

10 ދުވަސް ކުރިން - 14:37

ޕެންޝަން އޮފީހުން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ހަވީރުގެ ސަޔެއް ބާއްވައިފި

ޕެންޝަން އޮފީހުން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ހަވީރުގެ ސަޔެއް ބާއްވައިފި

20 ދުވަސް ކުރިން - 20:16

ބިޒްނަސް މާއްދާތަކުން ވިލާގެ %80 ކުދިން ފާސްވެއްޖެ

ބިޒްނަސް މާއްދާތަކުން ވިލާގެ %80 ކުދިން ފާސްވެއްޖެ

26 ދުވަސް ކުރިން - 12:39

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

28 ދުވަސް ކުރިން - 20:25

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު އައްޔަން ކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު

120 ދުވަސް ކުރިން - 15:28