Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން ބުނެފި

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
72 ދުވަސް ކުރިން - 2 ސެޕްޓެންބަރު 2026 12:47
ފޮޓޯ: ބީބީސީ ނިއުސް
ފޮޓޯ: ބީބީސީ ނިއުސް
ޚުލާސާ

ގިނަ އަހަރުތަކެއް ވަންދެން ފިނިހޫނުމިން މަތީގައި ހުރެއްޖެނަމަ، ނުރައްކާތެރި ތޫފާންތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކާބޯތަކެއްޗާއި ފެނުގެ ދަތިކަން ކުރިމަތިވުމުގެ އިތުރުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވާނެ. ސައިންސްވެރިން ބުނާގޮތުގައި ހޫނުމިން ކުޑަކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކުންވެސް ބޮޑު ތަފާތެއް ދައްކާނެ.

ކުރިއަށްއޮތް މަދު އަހަރުތަކެއްގެ ތެރޭގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ އިތުރުވާނެކަމަށް ބެލެވޭތީ، މިހާރު އިސްކަންދޭންޖެހެނީ ހޫނުމިން މައްޗަށްދާ މިންވަރާއި އަދި މަތީގައި ހުންނަ މުއްދަތު ކުޑަކުރުމަށްކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އިން ނެރުނު އާ ރިޕޯޓެއްގައިވާ ގޮތުން، ބޯޓުދެއްޔާއި ތެލާއި ގޭސް އެންދުމުގެ ސަބަބުން ޖައްވަށް ދޫކުރާ ނުރައްކާތެރި ގޭސްތައް މަދުކުރެވިފައި ނުވާތީ، 2015 ވަނަ އަހަރުގެ ޕެރިސް ކްލައިމެޓް އެގްރީމަންޓުގައި ކަނޑައެޅި 1.5 ޑިގްރީގެ އިމަށްވުރެ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔުން މިހާރު ވަނީ ޔަގީންވެފައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، މިހާރު ދުނިޔޭގެ ގައުމުތަކުން އަމަލުކުރަމުންދާ ސިޔާސަތުތަކަށް ބަލާއިރު 2100 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ ފިނިހޫނުމިން 2.6 ޑިގްރީ ސެލްސިއަސްއަށް އުފުލުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ، ހޫނުމިން 1.8 ޑިގްރީގައި ހިފެހެއްޓުމަށްފަހު މަޑުމަޑުން ދަށްކުރެވިދާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement

Advertisement 1

އދ. އިން ބުނާ ގޮތުގައި، ގިނަ އަހަރުތަކެއް ވަންދެން ފިނިހޫނުމިން މަތީގައި ހުރެއްޖެނަމަ، ނުރައްކާތެރި ތޫފާންތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކާބޯތަކެއްޗާއި ފެނުގެ ދަތިކަން ކުރިމަތިވުމުގެ އިތުރުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވާނެއެވެ. އަދި ގަނޑުފެން ފަރުބަދަތައް ވިރިގެންދިއުމާއި އެމެޒޯން ޖަންގަލިތަކަށް ލިބޭ ގެއްލުންތައް ފަދަ އިއާދަނުކުރެވޭނެ ބޮޑެތި ކާރިސާތަކާ މުޅި ދުނިޔެ ކުރިމަތިލާންޖެހިދާނެއެވެ.

ސައިންސްވެރިން ބުނާގޮތުގައި 1.5 ޑިގްރީގެ އިމަށްވުރެ ފިނިހޫނުމިން ވަގުތީގޮތުން މައްޗަށް ދިޔަނަމަވެސް، ހޫނުމިން ކުޑަކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކުންވެސް ބޮޑު ތަފާތެއް ދައްކާނެއެވެ. ނަމަވެސް، ގެއްލުންދެނިވި ގޭސްތައް މަދުކުރުން އެންމެ ފަސްއަހަރަށް ލަސްވިކަމުގައި ވިޔަސް، ދުނިޔޭގެ އެންމެ މަތީ ފިނިހޫނުމިނަށް އިތުރު 0.1 ޑިގްރީ ސެލްސިއަސް އިތުރުވެގެންދާނެކަމަށް އދ. ގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޔުނައިޓެޑް ނޭޝަންސްމޫސުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ؛ އަލިވާން ފަށާނީ މާދަމާއިން ފެށިގެން

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ؛ އަލިވާން ފަށާނީ މާދަމާއިން ފެށިގެން

1 ދުވަސް ކުރިން - 12:11

ޗުއްޓީއާ ދިމާކޮށް މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި

ޗުއްޓީއާ ދިމާކޮށް މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި

2 ދުވަސް ކުރިން - 16:19

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

4 ދުވަސް ކުރިން - 14:43

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

6 ދުވަސް ކުރިން - 15:17

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

6 ދުވަސް ކުރިން - 12:43

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ

18 ދުވަސް ކުރިން - 14:43