Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫއޭއީއަށް ދިވެހިރާއްޖޭން ކަނޑައެޅުއްވި އައު ސަފީރު ތޯރިގު އިބްރާހީމް އެގައުމުގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޔޫއޭއީއަށް ދިވެހިރާއްޖޭން ކަނޑައެޅުއްވި އައު ސަފީރު ތޯރިގު އިބްރާހީމް އެގައުމުގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އައިޝަތު އިމްސާ
20 ގަޑިއިރު ކުރިން - 4 ސެޕްޓެންބަރު 2026 13:45
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

ގަސްރު އަލް ވަތަންގައި ބޭއްވި ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެ ކާމިޔާބީއަށް އެދިވަޑައިގެންފަ. ސަފީރު ތޯރިގު ވަނީ ރައީސް ޑރ. މުއިއްޒުގެ ސަލާމް ރައްދުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ.

ދިވެހިރާއްޖޭން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އައު ސަފީރު، ތޯރިގު އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ހިޒް ހައިނެސް ޝައިހް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާނަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވަވާފައިވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ހުންނަ ރިޔާސީ ގަނޑުވަރު، ގަސްރު އަލް ވަޠަންގައެވެ. މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒާޔިދު ވަނީ ސަފީރު ތޯރިޤު އިބްރާހީމަށް މަރުހަބާ ދަންނަވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ފެށުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ސަފީރުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާކަންވެސް ޔޫއޭއީގެ ރައީސް ހާމަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ތޯރިގު އިބްރާހީމް ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޔޫއޭއީގެ ރައީސްއަށާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި އިހްލާސްތެރި ސަލާމް ރައްދުކުރައްވާފައެވެ.

Advertisement

Advertisement 1

މީގެއިތުރުން، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގެ ތެރޭގައި ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ދެގައުމުގެ މެދުގައިވާ އެކި ދާއިރާތަކުގެ އެއްބާރުލުން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމަށް މިންނެތް މަސައްކަތްތަކެއް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަފީރު ދެއްވިއެވެ.

ދިވެހިރާއްޖެއާއި އަރަބި އެކުވެރި އެމިރޭޓްސްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 15 މާރިޗު 1978 ގައެވެ. ސަފީރު ތޯރިގު އިބްރާހީމަކީ ދިވެހިރާއްޖޭން ޔޫއޭއީއަށް ކަނޑައެޅުއްވި 7 ވަނަ ސަފީރެވެ.

ޔޫއޭއީސަފީރު ކަމުގެ ފަތްކޮޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

21 ގަޑިއިރު ކުރިން - 13:30

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

44 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

44 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

44 ދުވަސް ކުރިން - 15:04

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

71 ދުވަސް ކުރިން - 13:00

ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

ތެލުގެ އަގު ދަށަށް ހިނގައްޖެ

102 ދުވަސް ކުރިން - 16:42