
ގަސްރު އަލް ވަތަންގައި ބޭއްވި ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެ ކާމިޔާބީއަށް އެދިވަޑައިގެންފަ. ސަފީރު ތޯރިގު ވަނީ ރައީސް ޑރ. މުއިއްޒުގެ ސަލާމް ރައްދުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ.
70 ދުވަސް ކުރިން - 13:45
ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ އޮންލައިންކޮށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި. މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ސަފީރު ދެއްވި.
70 ދުވަސް ކުރިން - 13:30
ޑޮމިނިކަން ރިޕަބްލިކުން ރާއްޖެ އަށް ކަނޑައެޅުއްވި ނަން-ރެސިޑެންޓް ސަފީރު ވަނީ ތިމާވެށްޓާއި ބްލޫ އިކޮނޮމީގެ ދާއިރާއިން މަޝްވަރާކުރައްވައި، ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ސިޑްސްގައި ހިމެނޭ 2 ޤައުމު ކަމުގައި ވުމާއެކު، ދެ ޤައުމުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކޮށް މަޝްވަރާ ކުރައްވާފަ.
114 ދުވަސް ކުރިން - 15:22