Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންހެން ލީޑަރުންގެ ޖީލެއް ބިނާކުރުން: މި ފަހަރުގެ ޕްރޮގްރާމު ސެޕްޓެމްބަރ 22-24 ށ. ފުނަދޫގައި

އަންހެން ލީޑަރުންގެ ޖީލެއް ބިނާކުރުން: މި ފަހަރުގެ ޕްރޮގްރާމު ސެޕްޓެމްބަރ 22-24 ށ. ފުނަދޫގައި

އައިޝަތު އިމްސާ
16 ގަޑިއިރު ކުރިން - 3 ސެޕްޓެންބަރު 2026 17:28
ވަޒީރު، ގީލާ އަލީ / ފޮޓޯ: ސިއްހަތާއި، އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ
ވަޒީރު، ގީލާ އަލީ / ފޮޓޯ: ސިއްހަތާއި، އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ
ޚުލާސާ

މިއީ އިސް މަޤާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅުގެ ދަށުން ސޯޝަލް މިނިސްޓްރީން ކުރިއަށްގެންދާ ސިލްސިލާގެ 5 ވަނަ ޕްރޮގްރާމެއް. ލީޑަރޝިޕާއި ގަވަރނަންސްގެ ހުނަރުތައް ދަސްކޮށްދޭ މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލާފަ.

އަންހެނުންނަކީ ލީޑަރޝިޕާއި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް" ށ. ފުނަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 22 އިން 24 އަށް ފުނަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނަކީ، މުޅި ރާއްޖޭގައި ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގައިގެން އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ނިންމުންތައް ނިންމާ ފެންވަރުގައާއި، ޢާންމު ޚިދުމަތްތަކުގެ އިތުރުން އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމަޢުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މައުލޫމާތު ދެއްވައެވެ. މި މުޅި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އަންހެނުންނަށް "ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ބޭނުންވާ ހިތްވަރާއި ތަމްރީނު ފޯރުކޮށްދެވޭނެ" ގޮތަށެވެ.

Advertisement

Advertisement 1

މިއީ އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އައު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގޭ މި ސިލްސިލާގެ 5 ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި އދ. މަހިބަދޫގައި ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ހަރަކާތްތަކުގެ ޒަރީޢާއިން އަންހެނުންގެ އަމިއްލަ އަދި ފަންނީ ކުރިއެރުމަށް އެހީތެރިވެދީ، ސިޔާސީ އަދި އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޚާއްޞަ ރެޖިސްޓްރޭޝަން ލިންކު https://forms.gle/cJorCze6dUrj9sVg6 މެދުވެރިކޮށް މިހާރު ފޯމު ފުރިހަމަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސިއްހަތާއި، އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާށ. ފުނަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދައުރު ދެބައި ނުވަނީސް އެހެން ސަރުކާރަކުން ނުކުރާހާ ގިނަ ކަންކަން މި ސަރުކާރުން ފުނަދޫ އަށް މިވަނީ ފަށާފައި: މަމްދޫހް

ރެކޯޑު އަދަދަކަށް ފުނަދޫއަށް މަސައްކަތް ފަށައިފި: މަމްދޫހް

320 ދުވަސް ކުރިން - 11:23