އެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރުނީ މިއަދު ހެނދުނު 11 ޖަހަންދެން. އެ ގަޑިއާ ހަމައަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑު ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައި
877 ދުވަސް ކުރިން - 13:33
ތައިލެންޑުގައި މިހާރު ކުރިއަށްދާ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއުތުގައި ރާއްޖެ ފަދަ ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ތަރައްގީވެފައިވާ ގައުމުތަކުން ނަގަމުންދާ ބޮޑު ޑިއުޓީ ކަމަށް
877 ދުވަސް ކުރިން - 23:57
ހުޅުމާލޭގެ އެއް ވަނަ ފިޔަވަހީގައި ހިނގި އެ ހާދިސާގައި ބިދޭސީއަކު ވަނީ ދިވެއްސެއްގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި. އަނިޔާ ލިބުނު ދިވެހި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ބިދޭސީ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
877 ދުވަސް ކުރިން - 23:22
މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ފުލުހުން އިލްތިމާސްކުރަނީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް. އަދި މި ދުވަސްވަރު ޕިކްނިކް ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން ވަނީ އެދިފައި
877 ދުވަސް ކުރިން - 23:15
ކަނޑު ގަދަވުމުގެ ސަބަބުން އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކުގެ ދަތުރުތަކަށް ބުރޫއަރައި، ތަކެތި ފޮނުވުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައި. ފުލުހުން ވަނީ މިހާރު ސާމާނު ނުފޮނުވި ހުރި ރަށްތަކަށް އެ ތަކެތި ފޮނުވުމުގެ މަސައްކަތް ފަށާފައި.
877 ދުވަސް ކުރިން - 23:06
ރައީސް މުއިއްޒު އެގޮތަށް ހުށަހެޅުއްވީ މިހާރު މުލިއާގޭގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިހާބީ މަޖިލިސް މެމްބަރުންނާ އެކުގައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
877 ދުވަސް ކުރިން - 22:40
މިނިސްޓަރ އިހުސާން ވިދާޅުވީ ޞައްޙަ ނޫން ލިޔެކިޔުން ހުށަހަޅާ މައްސަލައެއް ފެންމަތިވުމުން ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން މެދުކަނޑާލާފައިވާކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި ބައެއް މިނިސްޓްރީތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށް އިހުސާން ވިދާޅުވިއެވެ.
877 ދުވަސް ކުރިން - 21:40
ސްޕޯޓްސް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރައީސް އޮފީހުން ޝިފާޒު ސަސްޕެންޑްކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަޑާ ޚިލާފުވުމުން ކަމަށެވެ. ނަމަވެސް ސުލޫކީ މިންގަނޑާ ޚިލާފުވީ ކޮން ކަމެއް ކޮށްގެން ކަމެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
877 ދުވަސް ކުރިން - 21:17
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފިއެވެ. މި މަރުޙަލާގައި މަޝްރޫޢުގެ ޓެކްނިކަލް ތަފްސީލުތައް ދެނެގަނެ، މަސައްކަތުގެ ޓެންޑަރ މަރުޙަލާއަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރެވިގެން ދާނެއެވެ.
877 ދުވަސް ކުރިން - 21:02
ހުޅަނގު މޫސުމުގެ ވިއްސާރައާއި ބޭ އޮފް ބެންގޯލްގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ސަރަޙައްދަށް މޫސުން ގޯސްވެފައިވާއިރު އެމްއޭސީއެލް އިން ވަނީ މަތިން ދަތުރުކުރާ ފަރާތްތަކުން ފުރަން ދިޔުމުގެ ކުރިން ފްލައިޓު ގަޑިތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އެދިފައެވެ.
877 ދުވަސް ކުރިން - 20:38
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤް މަޤާމުން ވަކިކޮށްފިއެވެ. އެމްއެމްޕީއާރުސީގެ އެމްޑީ ކަމަށް ފާތިމަތު ތައުފީޤް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
877 ދުވަސް ކުރިން - 20:18
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ރައީސް އޮފީހާ ހަވާލު ކުރުމުން އެ މައުލޫމާތުތައް ހާމަ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ
877 ދުވަސް ކުރިން - 15:57