ހުޅުމާލޭގައި ބިދޭސީއަކު ދިވެއްސަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑީއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާ ހިނގީ ހުޅުމާލޭގެ އެއް ވަނަ ފިޔަވަހީގެ ލަންސިމޫމަގުގައި ކަމަށެވެ.
ބިދޭސީ މީހާ ހަމަލާދިނީ، ފުލުހުން ބުނި ގޮތުގައި ދިވެހި މީހާގެ އަތަށެވެ. އަނިޔާވި ދިވެހި މީހާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާާދެމުންނެވެ.
ހަމަލާދިން ބިދޭސީ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.



