ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯ މުވައްޒަފުން ނިންމާފައިވާ މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކޮޕް28 ސަމިޓުގައި އިއުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
875 ދުވަސް ކުރިން - 22:31
13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މިލަދޫ / މީޒާން، އަޙްމަދު ވިއާމް (27އ) އެވެ.
875 ދުވަސް ކުރިން - 21:46
ހޯމްލޭންޑް މިނިސްޓްރީން ބުނީ ބައިނަލްއަޤްވާމީ މާކެޓުގައި "ޗައިނާ ވައިޓް" އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗެއް ކަމަށެވެ. އެއީ އެ ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
875 ދުވަސް ކުރިން - 19:53
ޚުތުބާގައި ވަނީ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށް ގޮވާލާފައެވެ. އަދި އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
875 ދުވަސް ކުރިން - 19:36
އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް، ކޮންމެ ދަންފަޅިއެއް ވެސް ކުރިއަށް ގެންދަން ޖެހޭނީ ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ވަގުތަށް ފައްތައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.
876 ދުވަސް ކުރިން - 22:37
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނުގެ ޝިޕްމަންޓާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ މިނިސްޓަރ މޫސާ ޒަމީރެވެ. އަދި ޗައިނާގެ ފަރާތުން އެ ޝިޕްމަންޓް ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން އެވެ.
876 ދުވަސް ކުރިން - 20:28
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ގޮތް ދެނެގަތުމަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
876 ދުވަސް ކުރިން - 20:09
ޕީސީބީ ބޯޑުން މިއަދު ވަނީ ބައްސާމް އާއި އެމްއެމްޕީއާރުސީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާކަމަށް ބުނެފައެވެ. ޕީސީބީ ބޯޑުން މިދަފައިން ނިންމާފައި މިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި ފާތިމަތު ތައުފީޤް އިއްޔެއިން ފެށިގެން އެ މަޤާމުންނާއި ބޯޑު ޑިރެކްޓަރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.
876 ދުވަސް ކުރިން - 19:59
އައިއޭސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކުދުރީގެ އާއިލާ ގާޒާއިން ނެރުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވެ، ﷲގެ ރަޙުމަތުން މިއަދު އެ އާއިލާ ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ އެހީތެރިކަމާއެކު އެ އާއިލާ ރައްކާތެރިކަމާއެކު ރާއްޖެ ގެނެވުމަކީ އައިއޭސީން އުފާކުރާ ކަމެއް ކަމުގައި ބުންޏެވެ.
876 ދުވަސް ކުރިން - 19:50
ޒަކާތު ހައުސް އިން ބުނީ މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 9353.40 ރުފިޔާ ކަމަށެވެ. ރާއްޖޭގައި ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަލަނީ ރަން ރިހީގެ އަގުން ކަމުން، ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއެކު މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދާނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
876 ދުވަސް ކުރިން - 19:33
ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ އައްޑޫ ހިތަދޫ ފައިސަލް، 39 ކަމަށެވެ. ފުލުހުން ބުނީ ފައިސަލް މަރުވެފައިވަނީ އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފައިބާ އުޅެނިކޮށް ކަމަށެވެ.
876 ދުވަސް ކުރިން - 19:25
މޫސުން ގޯސްވެ މާލެއިން ކައްދޫއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް ނުޖެއްސިގެން އަނބުރާ މާލެ އަންނަން ޖެހިއްޖެ
877 ދުވަސް ކުރިން - 14:11