ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ އައްޑޫ ހިތަދޫ ފައިސަލް، 39 ކަމަށެވެ. ފުލުހުން ބުނީ ފައިސަލް މަރުވެފައިވަނީ އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފައިބާ އުޅެނިކޮށް ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދަނގެތީ ޞިއްޙީ މަރުކަޒަށް ފައިސަލް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
އެ ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.



