ރާއްޖޭގައި މުދަލު ޒަކާތް ނެރެން ވާޖިބުވާ ނިޞާބު އިތުރުކޮށްފިއެވެ.
ޒަކާތު ހައުސް އިން ބުނީ މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 9353.40 ރުފިޔާ ކަމަށެވެ.
ޒަކާތު ހައުސް އިން ބުނީ ރާއްޖޭގައި ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަލަނީ ރަން ރިހީގެ އަގުން ކަމުން، ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއެކު މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދާނެ ކަމަށެވެ.
ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭރު މުދަލު ޒަކާތުގެ ނިޞާބަށް ކަނޑައަޅާފައިވަނީ 7140 ރުފިޔާއެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.



