އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މިލަދޫ / މީޒާން، އަޙްމަދު ވިއާމް (27އ) އެވެ.
ފުލުހުން މިއަދު ވަނީ އޭނާ ހޯދުމަށް އިއުލާނުވެސް ކޮށްފައެވެ.
13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން ވިއާމް ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދުމާއެކު އޭނާ ވަނީ ފިލާފައެވެ.



