މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މި ދުވަސްވަރު މޫސުން ވަރަށް ގޯސްވުމާ އެކު އިލްތިމާސް ލިސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެގޮތުން، ފުލުހުން އެދުނީ:
- ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް
- ކުދި އުޅަނދުތަކުގައި އެއްގޮތަކަށް ވެސް ދަތުރު ނުކުރުމަށް
- ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށް
- މި ދުވަސްވަރު މޫދަށް ނޭރުމަށް
ފުލުހުން މި ކަންކަމަށް އިލްތިމާސްކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު ފުރި މުދާ އުފުލާ ބޯޓެއް ގެއްލުމުގެ ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ. އެ ދޯނީގެ ހަބަރެއްވީ ހޯމަ ދުވަހު އެވެ. އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި ދޯނީގައި ތިބި ހަތަރު މީހުންގެ ހާލު ވެސް ރަނގަޅެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރަ ކަމަށެވެ.



