މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤް މަޤާމުން ވަކިކޮށްފިއެވެ.
ފާތިމަތު ތައުފީޤް މަޤާމުން ވަކިކުރި ސަބަބެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ އެމްޑީ ކަމަށް ފާތިމަތު ތައުފީޤް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއަރޕަރސަން އައިޝާ ނޫރްއައިން ޖަނާހްވެސް އިއްޔެ ވަނީ މަޤާމުން އިސްތިއުފާދީ އެކަން ޕީސީބީއަށް އަންގާފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު ރާފިލްވެސް ވަނީ އިސްތިއުފާ ދީފައެވެ.



