ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ޝިފާޒު ސަސްޕެންޑްކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރައީސް އޮފީހުން ޝިފާޒު ސަސްޕެންޑްކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަޑާ ޚިލާފުވުމުން ކަމަށެވެ. ނަމަވެސް ސުލޫކީ މިންގަނޑާ ޚިލާފުވީ ކޮން ކަމެއް ކޮށްގެން ކަމެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ. އަދި ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށްކަމެއްވެސް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޝިފާޒު އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ގައެވެ.
ޝިފާޒު ސަސްޕެންޑްކޮށްފައިވާއިރު އިންޑިއާ އަށް ފާޑުކިޔައިގެން ޔޫތު މިނިސްޓްރީގެ 3 ޑެޕިއުޓީ މިނިސްޓަރުން ވެސް މިދިޔަ ޖަނަވަރީ މަހު ވަނީ ސަސްޕެންޑްކޮށްފައެވެ. އެ 3 ބޭފުޅުން އަދިވެސް ސަސްޕެންޑްކޮށްފައި ތިބި އިރު، ސަސްޕެންޑްކޮށްފައި ތިބީ މުސާރަ ލިބޭ ގޮތަށެވެ.



