މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން އޮރެންޖު އެލާޓް ނެރެފި އެވެ.
މެޓުން އޮރެންޖު އިންޒާރު ނެރުނީ ހއ. އަތޮޅުން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް، ހެނދުނު 11އާ ހަމައަށެވެ.
ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އެލާޓުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއީ މޫސުން ގޯސް ދުވަސްވަރެކެވެ.
ހުކުރު ދުވަހުގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން މެދުރާއްޖެ ހިމެނޭ ސަރަހައްދަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ލަފާކޮށްފަ އެވެ.



