ޚުތުބާގައި ބުނީ ސިޙުރަކީ ކާފިރުވާފަދަ ބޮޑު ފާފައެއް ކަމަށާއި އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް ކަމަށެވެ. ޚުތުބާގައި ވަނީ ސިޙުރުހާހޫރާ ދުރުހެލިވުމަށާއި، މުޞީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިޚްލާޞްތެރިކަމާ އެކު މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ގޮވާލާފައެވެ.
868 ދުވަސް ކުރިން - 19:31
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.
868 ދުވަސް ކުރިން - 15:32
މޯލްޑިވިއަން އިން ބުނީ ޢީދާއި ދިމާކޮށް 100 އަށްވުރެ ގިނަ ދަތުރު އިތުރުކުރަން ނިންމާފައިވާ ކަމަށާއި އަންނަ މަހު 13 އިން ފެށިގެން ޢީދު ޗުއްޓީ ނިމެންދެން ދަތުރުތައް ކުރާނެ ކަމަށެވެ.
869 ދުވަސް ކުރިން - 00:47
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.
869 ދުވަސް ކުރިން - 22:54
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ %66 މަސައްކަތް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕައިލް ކެޕްގެ %46 މަސައްކަތާއި ޕިއަރ ކޮލަމްންސްގެ %48 ނިމިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
869 ދުވަސް ކުރިން - 22:22
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަންކެޑެ ބްރިޖުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިންމާ ޚިދުމަތަށް ހުޅުވާލެވޭނެ ކަމަށެވެ.
869 ދުވަސް ކުރިން - 21:52
ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް އެހީތެރިވުމަށް މި އެއްބަސްވުމުގެ ތެރެއިން އެމްއޭސީއެލް ގެ އޮކިއުޕޭޝަނަލް ހެލްތް ޓީމުން ދަމަނަވެއްޓާއި ގުޅިގެން ކައުންސެލިން ދިނުމާއި، އެޑިއުކޭޝަނަލް ވޯކްޝޮޕް ހިންގުމާއި، ސަޕޯޓު ގުރޫޕް އުފެއްދުމުގެ އިތުރުން ދުންފަތާއި ދުރައްދިއުމަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
869 ދުވަސް ކުރިން - 21:36
ސީޕީ ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަޚުރުވެރި ޔުނީފޯމުގައި ޤައުމީ ޚިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ޤައުމުދެކެ ލޯބިވާކަމާއި ޤައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ.
869 ދުވަސް ކުރިން - 20:55
ދަޢުލަތުގެ އެތެރެއާއި ބޭރުން ރިޝްވަތު ހުށަހެޅުމާއި އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް ފުލުހުން ކުރާ ހުވާގެ މަތީގައި ނުގުޑާ ތިބުމަކީ އެފަދަ ހުރަސްތަކުގެ ތެރެއިން ފުލުހުންގެ މަޤުޞަދު ހާޞިލްވާނެ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
869 ދުވަސް ކުރިން - 20:40
މިނިސްޓަރ ޝަހީމް ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރަކީ ވަރަށްވެސް މާތް އަދި ބަރަކާތްތެރި ދަތުރެއް ކަމަށާއި މި ދަތުރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގޮތުން މި އަޅުކަން އަދާކުރާއިރު ކީރިތި ރަސޫލާގެ ސުންނަތަށް ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
869 ދުވަސް ކުރިން - 19:42
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ 3 ގްރޫޕެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ގްރޫޕް މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު، މި ގްރޫޕުގައި 298 މީހުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެއީ 272 ޙައްޖުވެރިންނާއި 26 އެހީތެރިންނެވެ.
869 ދުވަސް ކުރިން - 19:26
އިސްލާމިކް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި މެމްބަރު ހުސައިން ވަނީ ރައީސް މުއިއްޒު ދީނީ ކަންކަމަށް ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާފައި. އަދި ހުޅުމާލެ އުތުރު ދާއިރާގައި މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި
869 ދުވަސް ކުރިން - 14:46