ސައުދި އަރަބިއްޔާއަށް މި އަހަރުގެ ހައްްޖުގެ އަޅުކަމަށް ވަޑައިގެންނެވި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް އުމްރާކޮށް ނިމިއްޖެ ކަމަށާއި ސިއްހީ މައްސަލައެއްގެ ރިޕޯޓެއްު ނުލިބޭ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
867 ދުވަސް ކުރިން - 23:09
މާލެ ސިޓީ ކައުންސިލަށް ތިން މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން އަންނަ މަހު 20ގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
867 ދުވަސް ކުރިން - 23:02
ފަލަސްތީނަށް އެހީދޭން ތައްޔާރަށް ތިބި ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
867 ދުވަސް ކުރިން - 22:57
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް މިހާރު ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށާއި އެ ސްކޫލުތަކަށް ފޮތްތައް ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި
867 ދުވަސް ކުރިން - 19:00
މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން އިންތިހާބުކުރަން އަންނަ މަހު 20 ގައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި
867 ދުވަސް ކުރިން - 18:59
ބިދޭސީއެއްގެ ގައިމަތިން މިއަދު ހެނދުނު ލޯންޗެއް ގޮސް އޭނަ މަރުވި މައްސަލާގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި
867 ދުވަސް ކުރިން - 17:37
އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅެނިކޮށް ލޯންޗަކުން ޖެހި މަރުވި ބިދޭސީ މީހާ އޮތީ ދެބުރިވެފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފި
867 ދުވަސް ކުރިން - 17:31
އެ މީހާ މަރުވީ މާމިގިލިން ފުރައިގެން މާލެއަށް ދަތުރުކުރި ފެރީ ލޯންޗެެއްގެ ބުރަފަތީގައި ޖެހިގެން؛ ލޯންޗު ދުއްވި މީހާ ވަނީ ހައްޔަރުކޮށްފައި
867 ދުވަސް ކުރިން - 17:28
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ 3 ގްރޫޕެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ގްރޫޕް މިއަދު ފުރާފައިވާއިރު، މި ގްރޫޕުގައި 298 މީހުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެއީ 272 ޙައްޖުވެރިންނާއި 26 އެހީތެރިންނެވެ.
868 ދުވަސް ކުރިން - 21:56
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ ޒަމީރު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 އިން 6 އަށް ކަމަށެވެ. މި ދަތުރުފުޅުގައި ލަންކާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
868 ދުވަސް ކުރިން - 21:25
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ބަލައި ފާސްކުރި އިރު ވަގުތީ ބަރުދަނުގައި 38.4 ގްރާމް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
868 ދުވަސް ކުރިން - 21:15
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާލެ ސިޓީ ކައުންސިލުގެ 3 ދާއިރާއެއްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާއާއި މައްޗަންގޯޅި މެދު ދާއިރާއާއި ހުޅުމާލެ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
868 ދުވަސް ކުރިން - 21:06