ބޮޑު ޢީދާ ދިމާކޮށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ޢީދާއި ދިމާކޮށް 100 އަށްވުރެ ގިނަ ދަތުރު އިތުރުކުރަން ނިންމާފައިވާ ކަމަށާއި އަންނަ މަހު 13 އިން ފެށިގެން ޢީދު ޗުއްޓީ ނިމެންދެން ދަތުރުތައް ކުރާނެ ކަމަށެވެ.
މޯލްޑިވިއަންގެ މި ދަތުރުތަކާއެކު ދުވާލެއްގެ މައްޗަށް ކުރާ ދަތުރުތަކުގެ އަދަދު 50 އަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދުވާލެއްގެ މައްޗަށް މޯލްޑިވިއަން އިން މިހާރު އެވްރެޖްކޮށް ކުރަނީ 35 ދަތުރެވެ.
ކޮންމެ ޢީދަކާ ދިމާކޮށްވެސް މޯލްޑިވިއަންގެ ދަތުރުތަކަށް ޑިމާންޑު ބޮޑުވާއިރު، އެ ކުންފުނިން މިދިޔަ ކުޑަ ޢީދުގައިވެސް ވަނީ ދަތުރުތައް އިތުރުކޮށްފައެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން މިހާރު އަންނަނީ އެ އެއާލައިނުން ދަތުރުކުރާ މަންޒިލުތައްވެސް އިތުރުކޮށް ޚާއްސަ ޕެކޭޖުތައް ތައާރަފްކުރަމުންނެވެ.



