ބޮލިފުށި ރިސޯޓުގެ ވެރިޔާ ނިޔާވުމާއި ގުޅިގެން ސަރުކާރުގެ އިސް ވެރިންނާއި ފަތުުވެރިކަމުގެ ސިނާއަތުގައި އުޅޭ ވަރަށް ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ދަންނަވަމުންނެވެ. ޝަރީފަކީ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.
822 ދުވަސް ކުރިން - 11:00
މިއަދު 12:30އަށް އެސްއޯއީ ކޮމެޓީއަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. މި ބައްދަލުވުން މީޑިއާއިން ވަގުތުން ދުރަށް ދައްކާނެއެވެ.
822 ދުވަސް ކުރިން - 10:05
މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
822 ދުވަސް ކުރިން - 20:14
އައިވީއެފް ފަރުވާ ހޯދާ މީހުންނާއި ބެހޭގޮތުން ނުބައި ނަޒަރު ގެންގުޅުނު ޒިހާން މަގާމުން އަމިއްލައަށް ސަސްޕެންޑް ވެގެންފި އެވެ، .
822 ދުވަސް ކުރިން - 20:07
އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމަށް ޤިޔާސް އައްޔަންކުރުމަށް ނިންމާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން. އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާވެސް ލިބިވަޑައިގެންފައިވާ ބޭފުޅެއް.
822 ދުވަސް ކުރިން - 20:01
މި މައުރަޒުގައި ރައީސް މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ޙާޞިލްކުރެވިފައިވާ ކަންކަން މީޑިއާއާ ޙިއްސާ ކުރެވިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި. މީޑިއާ މައުރަޒު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި.
823 ދުވަސް ކުރިން - 19:49
ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެ ޒަޚަމްވެ ވަޑައިގެންނެވި ޓްރަމްޕަށާއި އެނާގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހެޔޮދުޢާ ކުރައްވައިފި
823 ދުވަސް ކުރިން - 18:25
މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އިއުލާނުކޮށްފައިވަނީ އީސާ ވަސީމް، ކ.ކާށިދޫ / ރިވެލި (37އ) އާއި މުހައްމަދު އިސްމާއީލް، ކ. ތުލުސްދޫ / ބްލޫވޭވް (48އ) ގެ އިތުރުން އަހުމަދު ހޫދު، ސ. ހިތަދޫ / ސްޕަންޖްގެ (26އ) ހޯދުމަށް.
823 ދުވަސް ކުރިން - 18:04
އެޗްޑީސީން ކޮންމެ މީހަކަށްވެސް އެއް ބީލަމަށް ވުރެ ގިނަ ބީލަން ހުށަހެޅޭ ގޮތަށް މިހާރު ބަދަލު ގެނައުމުން، ބީލަން ކާމިޔާބު ކުރުމަށް ފަސޭހަ ވެގެންދާނެ އެވެ. ހުށަހަޅާ ކޮންމެ ބީލަމެއްގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15 ރުފިޔާގެ ބޮޑު އަދަދެއް ކަމަށް ވާން ޖެހޭނެ އެވެ.
823 ދުވަސް ކުރިން - 17:29
ފުލުހުން ބުނީ މި މައްސަލަ ހިނގާފައިވަނީ މާލޭގައި ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ދެ މީހަކު ކޮށްޓަށްލައި ބަންދުކުރުމަށް ފަހު ގޯނާ ކޮށްފައިވަނީ ރެސްޓޯރަންޓަކުން ކެއުމަށްފަހު ފައިސާ ނުދައްކާ މައްސަލައަކާ ގުޅިގެންކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
823 ދުވަސް ކުރިން - 17:12
ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤު ސޮއިކުރައްވާ ނެރުއްވާފައިވާ ސަރކިއުލަރއެއްގައި ވަނީ 2025 އިން 2027 ވަނަ އަހަރާ ހަމައަށް ލަފާކުރާ މެދުރާސްތާ ބަޖެޓު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައި.
823 ދުވަސް ކުރިން - 16:03
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ބޭރުގައި ހުރި މީހަކު ހޮޅިއަކުން ކޮށި ތެރޭގައި ތިބި މީހުން ގަޔަށް ފެން ޖަހާތަން ފެނޭ. އަދި އެމީހުންނާ މުހާތަބުކޮށް ކޮށިން ބޭރުގައި ހުރި މީހާ ވާހަކަ ދައްކަމުން ދިޔައިރު، ވީޑިއޯއިން އިވޭ އަޑުތަކުން ފާހަގަވީ ކޮށީގައި ދެ މީހަކު ބަންދުކުރީ ފައިސާއާ ގުޅޭ މައްސަލައެއްގައި ކަމަށް.
823 ދުވަސް ކުރިން - 15:40