އެފްއެސްއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް ލިޔެ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް.
821 ދުވަސް ކުރިން - 17:54
މާނިއު ވިދާޅުވީ މި ޑްރޯންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޯޑަރަށް ވަންނަ ބޭރުގެ އުޅަނދުތައް މޮނީޓާ ކުރުމަށް ކަމަށް. އެ ޑްރޯންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކަސްޓަމްސް އެކުގައި.
821 ދުވަސް ކުރިން - 17:40
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ މިފްކޯއަށް ސީއީއޯއެއް ހޯދުމަށްޓަކައި 26 ޖޫން 2024 ވަނަ ދުވަހު ކުރި އިއުލާނަށް ޝަރުތުހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ އެ އިއުލާނު ކެންސަލްކޮށްފައިވާ ކަމަށެވެ.
821 ދުވަސް ކުރިން - 17:03
ވެބްސައިޓު ފަރުމާ ކުރެވިފައިވާނީ ފޮތްތައްވެސް ޑައުންލޯޑުކުރެވޭ ގޮތަށް ކަމަށް ޝަހީމް ވިދާޅުވި. ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްޞަ ޔުނިޓެއްވެސް ވެބްސައިޓުގައި ފަރުމާކުރެވިފައިވާނެ ކަމަށް ޝަހީމް ވިދާޅުވި.
821 ދުވަސް ކުރިން - 15:23
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު ތިނެއް ޖަހާކަންހާއިރު ކަމަށް. އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނި.
821 ދުވަސް ކުރިން - 14:58
821 ދުވަސް ކުރިން - 19:29
"ޚިދުމަތް" ޖަމިއްޔާއިން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އެ ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ހުސެއިން ހައިޝަމް އަށް ކަމަށް. ހައިޝަމް އެކްސިޑެންޓުވެފައި މިވަނީ ޚިދުމަތް ޖަމިއްޔާގެ ފަރާތުން ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް.
821 ދުވަސް ކުރިން - 19:15
ގަވަރުނަރު އަލީ ހާޝިމް މާލިއްޔަތު ކޮމިޓީއަށް ހާޒިރެއް ނުވިއެވެ. ސަރުކާރަށް އެއްބާރުލުން ނުދިނުމަށް އޭނާ ހާޒިރު ނުވީ، ބަލިވެ އުޅުއްވާތީ ކަމަށް މަޖިލީހަށް އެންގުމަށް ފަހުގައެވެ.
822 ދުވަސް ކުރިން - 16:44
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނުގެ މެމްބަރުކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައި. އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްޓަކައި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަނީ ފޮނުވާފައި.
822 ދުވަސް ކުރިން - 16:37
އާ ޗެކްޕޯސްޓު ޤާއިމްކޮށްފައިވަނީ ވީއައިއޭގެ އިރުމަތީގައި. އެއާޕޯޓުގެ އިރުމަތިން ވަދެ ނުކުންނަ ހުރިހާ މީހުން މި ޗެކްޕޯސްޓުން ސްކޭންކުރުރުމަށް ވަނީ ހަމަޖެހިފައި. އެއާޕޯޓުގެ ސަލާމަތީ ކަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައި.
822 ދުވަސް ކުރިން - 15:53
ރައީސް ވިދާޅުވީ ޝަރީފް ނިޔާވުމުގެ ހިތާމާގައި ބައިވެރިވެ ޢާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށް. އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދޭކަމަށް ރައީސް ވިދާޅުވި.
822 ދުވަސް ކުރިން - 14:56
މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނާޅައިގެން ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޕާޓީއާއި އަހުމަދު އަދީބުގެ ޕާޓީއާއި ކާނަލް ނާޒިމްގެ ޕާޓީއެވެ. ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާނަމަ، މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތު ކުރެވޭނެއެވެ.
822 ދުވަސް ކުރިން - 12:00