މާލޭގައި ހިންގާ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައި އެ ތަނަށް ބަޔަކު ގެއްލުން ދީފިއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު ތިނެއް ޖަހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ކޭއެފްސީ އަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޤަތުލުއާންމަށް ސަޕޯޓު ކުރާ ބައެއް ކަމުން އެތަނުގެ ކުރިމަތީގައި ވަރަށް ގިނައިން ދިވެހިން މުޒާހަރާކޮށް ހަދައެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން އަންނަނީ އެތަން ބަންދުކުރުމަށެވެ.
މީގެ އިތުރުން ކޭއެފްސީއަށާއި ކޮކާ ކޯލާގެ ގުދަނަށް ބަޔަކު ވަދެ މީގެ ކުރިން ވަނީ ކަޅުތެޔޮވެސް ޖަހާފައެވެ. ކޮކާ ކޯލާއަކީވެސް އިޒްރޭލަށް ސަޕޯޓުކުރާ ކުންފުންޏެއް ކަމުން އެމީހުންގެ ޕްރޮޑަކްޓުތައް ބޮއިކޮޓުކުރުމަށްވެސް އަންނަނީ އަޑު އުފުލަމުންނެވެ.



