ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ފައި ބިނދިއްޖެއެވެ.
"ޚިދުމަތް" ޖަމިއްޔާއިން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އެ ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ހުސެއިން ހައިޝަމް އަށް ކަމަށެވެ. އެކްސިޑެންޓުގައި އޭނާގެ ފަލަމަސްގަނޑުގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނީ ހައިޝަމް އެކްސިޑެންޓުވެފައިވަނީ ޑާކާއިން ޗިޓަގޮންގްއަށް ދަތުރު ކުރަމުން ދަނިކޮށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިޝަމް ދަތުރުކުރި ކާރު ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނީ ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިއުމުން ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ހައިޝަމް އެކްސިޑެންޓުވެފައި މިވަނީ ޚިދުމަތް ޖަމިއްޔާގެ ފަރާތުން ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ.



