އައިވީއެފް ފަރުވާ ހޯދާ މީހުން ބަރަހަނާ މަންޒަރު ބެލުމާއި ގުޅުވި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންއަމިއްލައަށް ސަސްޕެންޑް ވެގެންފި އެވެ، .
ރައީސް އޮފީހުން ބުނީ އޭނާ އަމިއްލައަށް މަސައްކަތަށް ނުކުތުން ހުއްޓާލީ އިދާރީ ގޮތުން އެންގި އެންގުމެއްގެ ސަބަބުން ކަމަށާ، އޭނާ ސަސްޕެންޑް ނުކުރާ ކަމަށެވެ،
ހަސަން ޒިހާން އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަކީ ނައްތާލަންޖެހޭ ފިކުރެއް ކަމަށް ބުނެ ޚިޔާލު ފާޅުކުރުމުން ވެސް ގިނަ ފާޑުކިޔުންތައް އަމާޒުވި މީހެކެވެ. މިގެއިތުރުން އޭނާ ވަނީ ޢާންމުންގެ މީހަކާ ދިމާލަށްވެސް ވާހަކަ ދެއްުމުގައި ބުނަން ނުޖެހޭ ގޮތަށް ބަސްމަގު ބޭނުން ކުރުމުގެ ސަބަބުން ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިފައެވެ.


