ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެ ޒަޚަމްވެ ވަޑައިގެންނެވި ޓްރަމްޕަށާއި އެނާގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހެޔޮދުޢާ ކުރައްވައިފިއެވެ.
ޑރ.މުޢިއްޒުގެ
މިއިން ދައްކުވައިދެނީ ސިޔާސީ އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތެދުވެވަޑައިގަންނަވާކަމެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް މައްސަލައަކީވެސް ސިޔާސީގޮތުން ދެމުންދާ ޖިސްމާނީ އަނިޔާތަކެވެ. އެގޮތުން ރައީސް މައުމޫން އަވަހާރަކޮށްލަންވެގެން އެކިފަހަރުމަތިން ދިން އަނިޔާއާއި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން އަނިޔާ ފާހަގަ ކޮށްލަން ޖެހެއެވެ.
ޓްރަމްޕަށް އަމާޒުކުރި ހަމަލާގެ ސަބަބުން ޓްރަމްޕާއި އޭނާގެ ސިޔާސީ އާއިލާގެ މެމްބަރުންގެ އިތުރުން ބައިވެރިވި އެހެން މީހުންނަށް ވެސް އަނިޔާވި އެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހަމަލާގެ މަގުސަދު ތަހުގީގު ކުރަމުން ކަމަށާއި އިތުރު ހާދިސާތައް ހުއްޓުވުމަށް ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ފެޑެރަލް ޑިޕާޓްމަންޓުން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން މިހަމަލާ ކުށްވެރިކޮށް، ޓްރަމްޕާއި އޭނާގެ އާއިލާއަށް ހެޔޮ ދުއާ ފޮނުވަމުންދާ މިދަނޑިވަޅުގައި ރައީސް މުއިއްޒުގެ ބަޔާނުން ދައްކުވައިދެނީ ސިޔާސީ މައިދާނުގައި އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފުޅާ ދާއިރާއެއްގައި އެމަނިކުފާނުގެ ޝުއޫރެވެ.



