ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ތަހުގީގަށް އެ ތިން މީހުން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. އެގޮތުން ޖިނާއީ މައްސަލަތައް ތަހުޤީޤު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މައްދާގައިވާ ގޮތުގެ މަތިން ތަހުޤީޤަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.
މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އިއުލާނުކޮށްފައިވަނީ އީސާ ވަސީމް، ކ.ކާށިދޫ / ރިވެލި (37އ) އާއި މުހައްމަދު އިސްމާއީލް، ކ. ތުލުސްދޫ / ބްލޫވޭވް (48އ) ގެ އިތުރުން އަހުމަދު ހޫދު، ސ. ހިތަދޫ / ސްޕަންޖްގެ (26އ) ހޯދުމަށެވެ.
މި މީހުން މި މަހުގެ 21 ވަނަ ދުވަހުގެ 12:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައި އިއުލާނުކޮށްފައެވެ.



