އިސްލާމިކް މިނިސްޓްރީން މީޑިއާ މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.
މީޑިއާ މައުރަޒު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައެވެ.
މި މައުރަޒާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާއި ޙަވާލުވެވަޑައިގަތްތާ 8 މަސް ފުރޭ މުނާސަބަތާ ގުޅިގެން ބާއްވާ މައުރަޒެއް ކަމަށެވެ.
މި މައުރަޒުގައި ރައީސް މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ޙާޞިލްކުރެވިފައިވާ ކަންކަން މީޑިއާއާ ޙިއްސާ ކުރެވިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މި ދައުރުގައި ކޮށްފައިވާ ހުރިހާ ކަމަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު މި މައުރަޒުގައި ލިބިގެންދާނެ ކަމަށެވެ.



