މިއަދު 12:30އަށް އެސްއޯއީ ކޮމެޓީއަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އޭސީސީ ހާޒިރުކުރާއިރު މި ބައްދަލުވުން މީޑިއާއިން ވަގުތުން ދުރަށް ދައްކާނެއެވެ.
އޭސީސީ މަޖިލީހަށް ހާޒިރުކުރާއިރު އެމްއެމްޕީއާރުސީ މައްސަލައިގައި ޖަވާބު ނުލިބިހުރި ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މީގެ އިތުރުން އޭސީއަށް ރިކަވަރ ކުރެވުނު ފައިސާގެ ޢަދަދާއި ، ކޮރަޕްޝަންގެ މައްސަލަ ތަކުގައި ދަޢުވާ އުުފުލަން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވުނު މައްސަލަތަކާއި 4000 ފުލެޓް ބަހާލިއިރު ޤާނޫނީ މިންގަނޑުތަކާއި އިންސާފުން ބޭރުން ކޮށްފައިވާ ކަންތަކުގައި ކުރީގެ ސަރުކާރުގެ މައްޗަށް އޭސީސީން އަމަލު ކޮށްފައިވާ ގޮތެއްވެސް ރައްޔިތުންނަށް ސާފެއް ނުވެއެވެ.
މިއަދު އޭސީސީ މަޖިލީހަށް ހާޒިރުކުރާއިރު ފާހަގަކޮށްލެވޭ އެންމެ މުހިއްމު ކަމަކީ ރާއްޖޭގައި ހިންގާފައިހުރި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.



