Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ބަންދުދުވަސްތައް ފިޔަވައި ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން.

759 ދުވަސް ކުރިން - 18:43

ބަރަހަނާ މައްސަލައިގައި އެތައް ހާސް ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭ!

ބަރަހަނާ މައްސަލައިގައި އެތައް ހާސް ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭ!

މޯލްޑިވްސް ޕޮލިހުން ދަނީ 34،000 އަށް ވުރެ ގިނަ މެމްބަރުންނާއެކު ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިމެނޭ ގޮތަށް ފާޅުކަން ބޮޑު ކޮންޓެންޓެއް ހިއްސާކުރާ 571 ޓެލެގްރާމް ޗެނަލް ތަހުގީގު ކުރަމުންނެވެ. ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެފަދަ ތަކެތި ބަލާ މީހުންނާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނޭ

759 ދުވަސް ކުރިން - 18:34

ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް  ވަނީ ހިންގާފައި: ފުލުހުން

ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް ވަނީ ހިންގާފައި: ފުލުހުން

ފުލުހުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ހިމެނޭ 571 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ހަމައެކަނި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް ހިމެނޭ ކަމަށް. އެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކޮށްފައިވަނީ ބައެއް ކުދިންގެ ވަނަވަރުވެސް އެނގޭ ގޮތަށް ކަމަށް ފުލުހުން ބުނި.

759 ދުވަސް ކުރިން - 18:23

ޓެލެގްރާމް ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ޓެލެގްރާމް ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ޕޮލިސް އިންސްޕެކްޓަރ އަޒީފް އައްބާސް ވިދާޅުވީ އެ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނާއި އެފަދަ ފޮޓޯ/ވީޑިއޯ ގަންނަން ފައިސާ ދައްކާ މީހުންނާއި ފައިސާ ދައްކާފައިވާ މީހުންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށް. އެ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރަމުން އަންނަކަމަށް އަޒީފް ވިދާޅުވި.

759 ދުވަސް ކުރިން - 18:09

ލަންކާގެ ޕީއެޗްޑީތައް ގަބޫލު ނުކުރަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް

ލަންކާގެ ޕީއެޗްޑީތައް ގަބޫލު ނުކުރަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް

ކުރިން އެމްކިއުއޭއިން ލަންކާގެ އެއިމްސް ކޮލެޖުގެ ޕީއެޗްޑީ ކޯހެއް ފުރިހަމަކުރި 3 މީހެއްގެ ސެޓްފިކެޓް ގަބޫލުކުރާނެ ކަމަށް ބުނެފަ ފަހުން އެކަމާ ދެކޮޅު ހެދުމުން ، ހައިކޯޓުން ނިންމީ ސެޓްފިކެޓްތައް ގަބޫލުުރަން.

759 ދުވަސް ކުރިން - 17:44

މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފި. ބޮލަކަށް 4000 ރުފިޔާ!

މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފި. ބޮލަކަށް 4000 ރުފިޔާ!

މިނިސްޓްރީން ބުނީ މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ކަމަށް. މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4000 ރުފިޔާ ބޮލަކަށް ޖެހޭއިރު 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި.

759 ދުވަސް ކުރިން - 17:43

ޒަޚަމްތަކާއެކު ގެސްޓުހައުސްގައި އޮތް މީހާގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ޢާންމު ކޮށްފި

ޒަޚަމްތަކާއެކު ގެސްޓުހައުސްގައި އޮތް މީހާގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ޢާންމު ކޮށްފި

މަހުގެ 9 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްއެއްގައި ޒަޚަމްވެފައި އޮތް މީހަކު ފެނުމާ ގުޅިގެން ކޯޓު އަމުރަކާ އެކު ހައްޔަރުކުރެވުނު ދެ މީހުންނަކީ ކ. ތުލުސްދޫ / ޕެރިސް ފައުޒަން ޒަރީރާއި، މާލޭ މއ. ވޮއްކޮޅުގެ އަޙްމަދު މާޒިން. ޒަޚަމްވެފައިވާ މީހާާއަށް މިހާރު ދަނީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން.

760 ދުވަސް ކުރިން - 17:39

އިގްތިސާދީ ގޮންޖެހުންތައް ހައްލު ކުރުމުގެ ފަންނީ ތައްޔާރީތައް ނިމިއްޖެ - ފިނޭންސް

އިގްތިސާދީ ގޮންޖެހުންތައް ހައްލު ކުރުމުގެ ފަންނީ ތައްޔާރީތައް ނިމިއްޖެ - ފިނޭންސް

ފަގީރުކަން ކުޑަކުރުމާއި ފަރުދީ މުއްސަނދިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އިގްތިސާދީ ކުރިއެރުމަށް އަޅާ ފިޔަވަޅުތަކުގެ ފަންނީ މަސައްކަތް ފިނޭންސް މިނިސްޓްރީން ނިންމާލައިފި. ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާއި ހަރަދު ކުޑަކުރުމުގެ މަސައްކަތްތަކާއެކު މާލީ ހާލަތު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް

760 ދުވަސް ކުރިން - 17:33

ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމު އަންނަ މަހު ފަށަނީ

ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމު އަންނަ މަހު ފަށަނީ

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުންގެ ދަތިކަން ޙައްލުކުރުމަށް އަމާޒުކޮށްގެން ފަށާ ޕްރޮގްރާމެއް. 2400 އަށްވުރެ ގިނަ ޓީޗަރުން ތައުލީމީ ދާއިރާއަށް އަދިވެސް ބޭނުންވޭ

760 ދުވަސް ކުރިން - 17:30

ޒަކިއްޔާގެ ހަށިގަނޑު ވަޅުލައިފި

ޒަކިއްޔާގެ ހަށިގަނޑު ވަޅުލައިފި

ޒަކިއްޔާގެ ހަށިގަނޑުން ފެނުނު ޒަހަމްތަކާއި ގުޅިގެން އޭނާގެ ހަށިގަނޑުގެ ތަހުލީލު ހަދަން ސާމްޕަލް ނެގުމަށް ފަހު މިއަދު ހެނދުނު ވަނީ އަނބުރާ ރަށަށް ގެންގޮސްފައި. އަދި މެންދުރު ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ އެރަށު ސަހަރާގައި ވަޅުލާފައި.

760 ދުވަސް ކުރިން - 15:38

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ދަށުން, ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައި. މި ނިންމުން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން.

760 ދުވަސް ކުރިން - 15:26

މާދަމާ ހެނދުނު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ އިން އަންގާފައިވާ ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެނަރޖައިޒް ކުރުމުގެ މަސައްކަތާ ގުޅިގެން މާދަމާ، 13 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 7:00 އާ ދެމެދު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވޭ.

760 ދުވަސް ކުރިން - 15:22

Previous12345Next