މި އަހަރުގެ އިނާމު ދެވޭނީ ހަތަރު ގިންތިއަކުން. އެއީ މަތީ ތަޢުލީމުގެ ކާމިޔާބީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ މަތީ ވަނަ ހޯދުން، ރާއްޖޭގެ މުހިންމު މައްސަލައަކަށް ޙައްލު ހޯދުން އަދި ޒުވާނުންގެ އުފެއްދުންތެރި މަސައްކަތްތައް.
759 ދުވަސް ކުރިން - 13:44
މި ހަރަކާތުގައި ބިދޭސީންނަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައި. އަދި ކުށަށް ހުށަނޭޅޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިރުޝާދު ދިނުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެވުނު ކަމަށްވެސް ފުލުހުން ބުނެފައިވޭ.
759 ދުވަސް ކުރިން - 13:17
އެޗްއާރުސީއެމް އިން ހައުސިން މިނިސްޓްރީއާ ބައްދަލުކުރީ ގެދޮރުވެރިޔާގެ ފްލެޓްތަކުގެ ސްކީމް ލަސްވުމާ ގުޅޭ ގޮތުން. ފްލެޓް ލިބޭ 4،000 މީހުންގެ ފައިނަލް ލިސްޓް އޮކްޓޯބަރު މަހު އިއުލާން ކުރާއިރު، ދޮގު މަޢުލޫމާތު ހިމަނައި ފޯމު ހުށަހެޅި މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް އެބަދޭ
759 ދުވަސް ކުރިން - 11:38
ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ކޮވިޑު ފެސިލިޓީގެ ނަމުގައި ނެގި 18 މިލިއަން 4 ލައްކަ ޔޫރޯގެ ލޯނު ނުވަތަ 313129647,96ރުފިޔާ އެމްޑީޕީން ވެރިކަމުން ފޭބިއިރުވެސް ނުދައްކާ. ލޯނުތައް ނަގާފައި އެމްޑީޕީން އެ ފައިސާތައް މެނޭޖުކުރީ ގޯސްކޮށް. ފައިސާއަށް ޚިޔާޏާތްތެރިވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރޭ
759 ދުވަސް ކުރިން - 10:24
ރާއްޖޭގައި ބޭހުގެ އަގު ބޮޑުކަން ފާހަގަކުރަމުން، މާލީ ވުޒާރާއިން ބުނެފައިވަނީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމަށް ނިންމާފަކަމަށާއި މިއީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ލިބޭނެ ލުޔެއް ކަމަށްވެސް އެ ވުޒާރާއިން ބުނޭ. ރައްޔިތުންނަށް ދެމުންދާ މި މުހިންމު ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒު
759 ދުވަސް ކުރިން - 23:46
މަތީ ސާނަވީއަށް ވަނުމުގެ ޝަރުތުތަކަށް ލުއިގެނެސް، 3 ނުވަތަ 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް އޭލެވެލް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި. މުޅި ރާއްޖޭގެ 23 ސަރުކާރު ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައި ވާކަމަށް މިނިސްޓަރ ޝަފީޢު ވިދާޅުވި.
759 ދުވަސް ކުރިން - 22:12
ތަޢުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ރައީސް ކުރައްވަމުން ގެންދަވަމުން ދޭ. މީގެ ތެރޭގައި، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި، މަތިވެރި އަޚްލާޤީ ސިފަތަކާއި، ޤައުމިއްޔަތުގެ ރޫޙު އާލާކުރުން ހިމެނޭ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ، ޤައުމަށް ޚިދުމަތްތެރި، ހަރުދަނާ އަދި ކުރިމަގަށް ތައްޔާރު ދިވެހި ޖީލެއް ބިނާކުރުކަމަށް އެޑިއުކޭޝަނުން ހާމަކުރި.
759 ދުވަސް ކުރިން - 22:08
މި ކިޓުތަކަކީ ރާއްޖޭގައި އެމްޕޮކްސްއަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއް ކަމަށާއި މި ބައްޔާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާކަން ވުޒާރާއިން ފާހަގަކޮށްފައިވޭ.
759 ދުވަސް ކުރިން - 22:03
ރާއްޖެއަށް ބިދޭސީން އެތެރެކުރާ ބައެއް ފަރާތްތަކުން، އެ ބިދޭސީންގެ ދިރިއުޅުމުގެ އިންތިޒާމު ހަމަޖެއްސުމަކާ ނުލައި އެމީހުން ދޫކޮށްލާކަން ފާހަގަ ކުރެވޭކަމަށާއި މި ފަދަ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގޭ އެކޮމޮޑޭޝަންތަކެއް ހުރިކަން އޮޕަރޭޝަންތަކުން ދައްކައިދޭކަމަށް އިމިގްރޭޝަނުން ބުނެފައިވޭ. މި އެކޮމޮޑޭޝަންތައް ޢާންމުކޮށް ހިންގަނީ މާލޭގައި ހުންނަ ބާވެފައިވާ ޢިމާރާތްތައް ބޭނުންކޮށްގެން، އެ ތަންތަން ބިދޭސީންނަށް ކުއްޔަށް ދޫކޮށްގެން.
759 ދުވަސް ކުރިން - 22:01
މަޑުއްވަރީ އައިސް ޕްލާންޓަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި ތަނެއް. މި ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކުރެވުމުން، ރަށުގެ މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ.
759 ދުވަސް ކުރިން - 21:23
މި މައުރަޒުގައި 28 ސްޓޯލް ހިމެނޭ. މި މައުރަޒުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ފޮތްތަކަށް މާކެޓު ހޯދައިދިން.
759 ދުވަސް ކުރިން - 21:12
މި މައުރަޒުގައި 28 ސްޓޯލް ހިމެނޭ. މި މައުރަޒުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ފޮތްތަކަށް މާކެޓު ހޯދައިދިން.
759 ދުވަސް ކުރިން - 21:12