މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ތިން ރަށެއްގައި އައިސް ޕްލާންޓު ހެދުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނެ. ތިން ރަށަކީ ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫ
758 ދުވަސް ކުރިން - 20:12
ރާއްޖެއިން އެމްޕޮކްސް ފެނިއްޖެއޭ ބުނެ ދޮގު ޚަބަރު ފަތުރާފައިވާތީ، އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެކަމަށް ވަޒީރު ވިދާޅުވި
758 ދުވަސް ކުރިން - 20:05
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި، އެޤައުމުގެ ދިފާޢީ ވަޒީރު ޑޮންގް ޖުންއާ ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު.
758 ދުވަސް ކުރިން - 19:58
މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި އިންވެސްޓްމަންޓްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުވެ، އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި.
758 ދުވަސް ކުރިން - 19:53
ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ބަންކަރިންގ ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓް ބޯޓު މިހާރު ވަނީ އިހަވަންދިއްޕޮޅަށް ގެންގޮސްފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާލުވެއްޖެ. މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ބަންކަރިންގ ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓް ބޯޓު މިހާރު ވަނީ އިހަވަންދިއްޕޮޅަށް ގެންގޮސްފަ. އަދި ބަންކަރިންގ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ޝަރުތެއް ކަމަށްވާ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް ގޭޓް) ވެސް ވަނީ ގާއިމްކޮށް ނިމިފަ.
758 ދުވަސް ކުރިން - 19:49
ރައީސް މުޢިއްޒު އެއްވެސް މެމްބަރަކަށް ނުހައްގުން ފައިސާއެއް ނުދެއްވާ. އެފަދަ ހަރާމް ކަމެއް ރައީސް ނުކުރައްވާނެ. އެމަނިކުފާނުގެ އީމާންތެރިކަން މާވަރުގަދަ. ހެއްދެވި ފަރާތް ދެކެ ބިރުވެތިވޭ.
758 ދުވަސް ކުރިން - 17:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކެއް ޤާއިމްކުރުމަށް މުހިންމު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވޭ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައު ހަކަތައެއް ލިބި، ޤައުމުގެ މާލީ ހާލަތު ރަނގަޅުވެ، ވިޔަފާރިތަކަށް ފައިދާކުރާނެ މުހިންމު ފިޔަވަޅެއް.
758 ދުވަސް ކުރިން - 17:20
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށާއި، މި ދަފުތަރުގެ މަޤްޞަދަކީ މަސްވެރިކަން ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުން ކަމަށް ވުޒާރާއިން ފާހަގަކުރި. މިހާރު ބައެއް އަތޮޅުތަކުގައި 50% އަށްވުރެ ގިނަ ދޯނި ދަފުތަރުކުރެވިފައިވޭ.
759 ދުވަސް ކުރިން - 13:59
މި އަހަރުގެ އިނާމު ދެވޭނީ ހަތަރު ގިންތިއަކުން. އެއީ މަތީ ތަޢުލީމުގެ ކާމިޔާބީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ މަތީ ވަނަ ހޯދުން، ރާއްޖޭގެ މުހިންމު މައްސަލައަކަށް ޙައްލު ހޯދުން އަދި ޒުވާނުންގެ އުފެއްދުންތެރި މަސައްކަތްތައް.
759 ދުވަސް ކުރިން - 13:44
މި ހަރަކާތުގައި ބިދޭސީންނަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައި. އަދި ކުށަށް ހުށަނޭޅޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިރުޝާދު ދިނުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެވުނު ކަމަށްވެސް ފުލުހުން ބުނެފައިވޭ.
759 ދުވަސް ކުރިން - 13:17
އެޗްއާރުސީއެމް އިން ހައުސިން މިނިސްޓްރީއާ ބައްދަލުކުރީ ގެދޮރުވެރިޔާގެ ފްލެޓްތަކުގެ ސްކީމް ލަސްވުމާ ގުޅޭ ގޮތުން. ފްލެޓް ލިބޭ 4،000 މީހުންގެ ފައިނަލް ލިސްޓް އޮކްޓޯބަރު މަހު އިއުލާން ކުރާއިރު، ދޮގު މަޢުލޫމާތު ހިމަނައި ފޯމު ހުށަހެޅި މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް އެބަދޭ
759 ދުވަސް ކުރިން - 11:38
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށާއި، މި ދަފުތަރުގެ މަޤްޞަދަކީ މަސްވެރިކަން ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުން ކަމަށް ވުޒާރާއިން ފާހަގަކުރި. މިހާރު ބައެއް އަތޮޅުތަކުގައި 50% އަށްވުރެ ގިނަ ދޯނި ދަފުތަރުކުރެވިފައިވޭ.
759 ދުވަސް ކުރިން - 13:59