ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް 50،000 ރުފިޔާ ދިންކަމަށް ބުނެ ފެތުރެމުންދާ މަޢުލޫމާތަކީ ހަގީގަތާ ޚިލާފު ދޮގު މަޢުލޫމާތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެމްބަރު އަބްދުﷲ ޝަޒީމް ވިދާޅުވެއްޖެއެވެ.
މެންބަރު ޝަޒީމް ވަނީ އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މެންބަރުންނަށް 50،000 ދޭ ވާހަކަ އެއީ ދޮގެއް، ވައްކަމާއި ކޮރަޕްޝަނަށް ޑރ. މުހައްމަދު މުއިއްޒު ޖާގައެއް ނުދެއްވާނެ" ކަމަށެވެ.
ޝަޒީމް އިތުރަށް ވިދާޅުވީ "ދޮގާއި މަކަރާއި އޮޅުވާލުން އެއީ އިސްލާމް ދީން ދަންނަ ކަމެއް ނޫން. ދޮގު ޚަބަރު ފެތުރުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް، އެކަން ހުއްޓުވަން އެބަ ޖެހޭ" ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މިއީ އިދިކޮޅު ޕާޓީތަކުން ގެންގުޅޭ އެޖެންޑާއެއް ކަމަށާއި، މިފަދަ ދޮގު މަޢުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަކީ ކުރީގެ ސަރުކާރުތަކާ އިދިކޮޅު ފަރާތްތަކުން ކުރަމުން އައި ކަމެއް ކަމަށެވެ.
މި ދޮގު މަޢުލޫމާތު ފެތުރުމުގެ މޭސްތިރިއަކީ ކުރީގެ ރައީސް ޔާމީން ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު ފަލާހު ސަންގު ވަނީ ބުނެފައެވެ.
ދޮގު މަޢުލޫމާތު ފެތުރުމަކީ ޑިމޮކްރަސީއަށް ހުރަސްއެޅޭ ކަމެއްކަމަށް ބުނެ، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައި، ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.









