ކުރީގެ ސަރުކާރުގެ ގެދޮރުވެރިންގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ފްލެޓް ހަވާލުކުރުން ލަސްވުމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާ ބައްދަލު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންނާއި ސީދާ ގުޅުންހުރި މި މައްސަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ މައްސަލައާ ގުޅޭ ތަފްސީލުތައް ހިއްސާކޮށް، ފްލެޓް ލިބޭ 4،000 މީހުންގެ ފައިނަލް ލިސްޓް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެކަމަށް ބުނެފައެވެ. ބައެއް ފޯމްތަކުގައި ގޯސް މައުލޫމާތުތަކެއް ހުރި ނަމަވެސް ފުރަތަމަ ފްލެޓް ދިނީ ޕޮއިންޓް ސިސްޓަމަކަށް ބަލައިގެންނެވެ.
ގޯސް މަޢުލޫމާތުތައް ހުރި ފޯމުތަކުގެ ޞައްޚަކަން ކަށަވަރު ނުކޮށް ފުލެޓުތައް ބަހާލުމަކީ އެތައް ބައެއްގެ ޙައްޤު ނިގުޅައިގަނެވޭނެ ކަމަކަށް ވާތީވެ، މިސަރުާރުން ދަނީ އެކަމުގައި އެންމެ ރަނގަޅު ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.










