Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ހައްވާ މިރުފާ
124 ދުވަސް ކުރިން - 19 މާޗް 2026 13:41
މީގެ ކުރިން ފަހި ފޮލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ޓަވަރުތައް ތިރީގައި އުސޫލުން ބޭރުން ކުނި އަޅާ މައްސަލަވެސް ވަނީ ބޮޑުވެފަ---ފޮޓޯ: ޚުލާސާ
މީގެ ކުރިން ފަހި ފޮލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ޓަވަރުތައް ތިރީގައި އުސޫލުން ބޭރުން ކުނި އަޅާ މައްސަލަވެސް ވަނީ ބޮޑުވެފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

ފަހި ފްލެޓްތަކުގެ ޖަންކްޝަން ބެދި ނަޖިސް ފެން ލީކުވަނީ،އެފްޑީސީން މިދިޔަ ހަތަރު ހަފްތާ،ތިން ފަހަރު މައްސަލަ ހައްލުކޮށްފި،ދިރިއުޅޭ ފަރާތަކުން:ކޮންކުރީޓް-ކުނޑިއާއި ނެޕީ ފަދަ ތަކެތި އަޅަނީ

އެފްޑީސީން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފަހި ފްލެޓުތަކުގެ ޖަންކްޝަންތަކުން ނަޖިސް ލީކުވަނީ ނެޕީ އާއި ކޮންކްރީޓް ކުނޑި ފަދަ އެކި ކަހަލަ ކުނި އަޅުމުގެ ސަބަބުން، ޖަންކްޝަންތައް ބެނދިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ޖަންކްޝަނުން ނަޖިސް ލީކުވާކަން ފާހަނގަ ކުރެވިފައިވަނީ އެ ފްލެޓުތަކުގެ 11، 12، 15 އަދި 16 ވަނަ ޓަވަރުންނެވެ. އަދި މިދިޔަ ފެބްރުއަރީ މަހުވެސް އެ ޖަންކްޝަންތަކުން ނަޖިސް ލީކުވާ މައްސަލަ ވަނީ ފެންމަތިވި އެވެ. އެފްޑީސީން ވަނީ އޭރު އެ މައްސަލަ ހައްލުކޮށްފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އަނެއްކާވެސް ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފަހި ޓަވަރެއްގެ ޖަންކްޝަނުން މުޅި ސަރަހައްދަށް ނަޖިހާއެކު ފެންގަނޑު ލީކުވެފާ އޮތް މަންޒަރު ފެނެއެވެ. އަދި ނަޖިސް ފެންގަނޑު މަގާ ހިސާބަށް ފެތުރިފައި އޮތްކަން އެ ވީޑިއޯއިން ފެންނެވެ.

އެކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އެފްޑީސީން ވަނީ ވޭތުވެ ދިޔަ ހަތަރު ހަފްތާގެ ތެރޭގައި ތިން ފަހަރަށް ހައްލުކޮށްފައި ކަމަށެވެ. ނަމަވެސް ކިތަންމެ ގިނައިން އެ ކޯޕަރޭޝަނުން މައްސަލައަށް ހައްލު ހޯދި ކަމުގައި ވީނަމަވެސް އެ ތަަންތަނަށް ކުނިއަޅާ ހިނދެގައި ޖަންކްޝަން ބުލޮކްވާނެ ކަމަށެވެ. އަދި އެ ބޭފުޅާ ވިދާޅުވީ އެ މައްސަލަ ދިމާވަނީ ޕެޑާއި ނެޕީ އާއި ކޮންކްރީޓު ކުނޑި ފަދަ އެކި އެއްޗެހި އަޅާތީ ކަމަށެވެ.

Advertisement

Advertisement 1

އެކަމާ ގުޅިގެން ހަމްދާން އިތުރަށް ވިދާޅުވެފައި ވަނީ އެންމެ ފަހުން ޖަންކްޝަން ސާފުކުރި އިރުވެސް އެތަނުން 28 ނެޕީ ނަގާފައިވާ ކަމަށެވެ. އަދި ފަހި ފްލެޓުތައް ހަވާލުކުރިއިރު،އެ ކޯޕަރޭޝަނުން ފްލެޓުތަކުގެ ވެރިންނަށް ދިން އޭސީ ޕްރޮވިޝަންސް ކަވަރުކޮށްފައި ހުންނާނީ ޕީޔޫ ފޯމުން ކަމަށެވެ. ނަމަވެސް އެ ފޯމުތައް ނަގައި އުކާލުމުގެ ބަދަލުގައި ބައެއް ފަރާތަކުން ފާހާނާ ތެރެއަށް ފްލަޝްކޮށްފައި ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. އެއީ ޖަންކްޝަން ބްލޮކްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބުކަމަށް ހަމްދާން ފާހަނގަ ކުރިއެވެ.

ފަހި ފްލެޓްގައި މީހުން ދިރިއުޅެން ފެށިތާ އަދި ގިނަ ދުވަސްތަކެއް ނުވާ އިރު، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތަކުން ކުނި ނައްތާލުން ފަދަ ކަންކަމަށް ފަރުވާ ކުޑަ ކުރާކަން ފާހަނގަ ކުރެވެ އެވެ. އަދި އެގޮތަށް އަމަލު ކުރުމުގެ ސަބަބުން އެ ފްލެޓްތަކުގައި ދިރިއުޅޭ އެންމެނަށާއި އެފްޑީސީއަށް ގިނަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންފްލެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

47 ދުވަސް ކުރިން - 15:12

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

59 ދުވަސް ކުރިން - 13:45

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

75 ދުވަސް ކުރިން - 20:49

އަމިއްލައަށް ގެދޮރު ބިނާނުކުރެވޭ ފަރާތްތަކަށް ފުލެޓު ދެނީ

އަމިއްލައަށް ގެދޮރު ބިނާނުކުރެވޭ ފަރާތްތަކަށް ފުލެޓު ދެނީ

110 ދުވަސް ކުރިން - 12:05

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ކުއްޔަށްދޭނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ

136 ދުވަސް ކުރިން - 13:38

އިދާރާތަކާއި މުއައްސަސާތަކަށް ދޫކުރާ ފުލެޓުތަކުގެ އުސޫލު އިސްލާހުކޮށްފި

އިދާރާތަކާއި މުއައްސަސާތަކަށް ދޫކުރާ ފުލެޓުތަކުގެގެ އުސޫލު އިސްލާހުކޮށްފި

141 ދުވަސް ކުރިން - 17:04