Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިދާރާތަކާއި މުއައްސަސާތަކަށް ދޫކުރާ ފުލެޓުތަކުގެ އުސޫލު އިސްލާހުކޮށްފި

ހައްވާ މިރުފާ
254 ދުވަސް ކުރިން - 2 މާޗް 2026 17:04
ހައުސިން މިނިސްޓަރު ޑރ މުއްތަލިބު --- ފޮޓޯ: ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓަރު ޑރ މުއްތަލިބު --- ފޮޓޯ: ހައުސިން މިނިސްޓްރީ
ޚުލާސާ

24 އިދާރާއަކާއި މުއައްސައަކަށް 400 ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފި، އަދި އެ ކަޓެގަރީގެ އަސާސީ ޝަރުތައް ވެސް ލުއިކޮށްފި

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން އިދާރާތަކާއި މުއައްސަސާތަކަށް ދޫކުރާ ފުލެޓުތަކުގެ އުސޫލު އަލުން އިސްލާހުކޮށްފި އެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ސަރުކާރުން ހިނގާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ އައިލާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން، ހާއްސަ ކެޓެގަރީއެއް، އިދާރާތަކަށާއި މުއައްސަސާތަކަށް ވަނީ ކަނޑައަޅާފައި އެވެ. އަދި މިދިޔަ އަހަރު ސަރުކާރުން ވަނީ އެކަމާ ބެހޭ އުސޫލު އާއްމުކޮށްފަ އެވެ.

އެގޮތުން އިދާރާތަކާއި މުއައްސަސާތަކަށް ދެވޭ ފުލެޓްގައި ހިމެނޭ ޝަރުތުތަކަށާއި ފްލެޓް ދެވޭ މުއައްސަސާތަކާއި އިދާރަތަކުގެ ގޮތުގައި ހިމަނާފައިވާ ފަރާތްތައް ހިމެނޭ އުސޫލަށް މިހާރު ވަނީ އިސްލާހުކޮށްފައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

Advertisement

Advertisement 1

މާލެ ސަރަހައްދުން އައިލާތަކަށް ސަރުކާރުން ދޫކުރަން ކަނޑައަޅާފއި ވަނީ ޖުމްލަ 7900 ފްލެޓް އެވެ. އެފެލްޓްތަކުގެ ތެރެއިން އިދާރާތަކާއި މުއައްސަސާތަކަށް ދޫކުރާ ފުލެޓުގެ އަދަދަކީ ކުރިން އޮތް ގޮތަށް ހަމަ 400 ފުލެޓް ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ބަދަލު ގެނެސްފައި ވަނީ އިދާރާތަކާއި މުއައްސަސާތަކަށް ދެވޭ ފުލެޓްގެ ޝަރުތުތަކަށާއި ފްލެޓް ދެވޭ މުއައްސަސާތަކާއި އިދާރަތަކުގެ ގޮތުގައި ހިމަނާފައިވާ ފަރާތްތަކަށެވެ.

އެގޮތުން މިހާރު ފްލެޓް ދިނުމުގެ އުސޫލަށް ގެނައި އިސްލާހާއެކު، އިދާރާތަކާއި މުއައްސަސާތަކުގެ ކެޓެގަރީން ފްލެޓް ލިބޭ ފަރާތަކުން މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައި ވާން ޖެހެއެވެ. އަދި އުސޫލުގައި ބަޔާންކޮށްފައިވާ އިދާރާއެއްގައި މަދުވެގެން ވޭތުވެދިޔަ އެއް އަހަރު މެދުނުކެނޑި ހިދުމަތްކޮށްފައިވާން ޖެހޭނެ އެވެ. އޭގެ އިތުރުން ބޯހިޔާވަހިކަން ހަވާލުކުރާ ތާރީހުން ފެށިގެން އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރުމަށް އެއްބަސްވާން ޖެހޭނެ ކަމަށް އެ އުސޫލުގައި ހިމަނާފައި އެވެ.

ކުރިން މި ކެޓެގަރީއަށް ފޯމު ހަށަހަޅާ ފަރާތްތަކުގެ ފުރިހަމަވާން ޖެހޭ އަސާސީ ޝަރުތުތަކަކީ މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުމާއި މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ ފަސް އަހަރު އުސޫލުގައި ބަޔާންކޮށްފައިވާ އިދާރާއެއްގައި ހިދުމަތްކޮށްފައިވުމެވެ. އަދި ބޯހިޔާވަހިކަން ހަވާލުކުރާ ތާރީހުން ފެށިގެން ފަސް އަހަރު އެ އިދާރާގައި ފުލް-ޓައިމް ވަޒީފާ އަދާކުރުމަށް އެއްބަސްވުމެވެ.

އޭގެ އިތުރުން ހައުސިން މިނިސްޓްރީން މައަދު ފްލެޓް ދޫކުރުމާއި ބެހޭ އުސޫލުގެ ދަށުން މުއައްސަސާތަކަށާއި އިދާރާތަކަށް ދޫކުރާ ފްލެޓްގެ އުސޫލަށް ގެނައި އިސްލާހުގައި ވަނީ އިތުރު ދެ އިދާރާ ހިމަނާފައި އެވެ. އެއީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އެވެ. އެހެންމަކުން މިހާރު ޖުމްލަ 24 އިދާރާއަކާއި މުއައްސާސައަކަށް ފްލެޓް ދޫކުރެވޭނެ އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއެންމެނަށް ބޯހިޔާވަހިކަން ސްކީމްބޯހިޔާވަހިކަންފްލެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ %40 ރަސްމާލެއިން އެކަނި ލިބޭނެ"

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ %40 ރަސްމާލެއިން އެކަނި ލިބޭނެ"

1 ދުވަސް ކުރިން - 14:19

ވަޒީރުންގެ "އަހާ" ފޯރަމް މިރޭ އޮންނާނެ

ވަޒީރުންގެ "އަހާ" ފޯރަމް މިރޭ އޮންނާނެ

2 ދުވަސް ކުރިން - 18:39

"މާލެ ސިޓީގައި މިވަގުތު 3,260 ހައުސިން ޔުނިޓެއްގެ މަސައްކަތް ދަނީ ކުރިއަށް"

"މާލެ ސިޓީގައި މިވަގުތު 3,260 ހައުސިން ޔުނިޓެއްގެ މަސައްކަތް ދަނީ ކުރިއަށް"

5 ދުވަސް ކުރިން - 15:45

ރަސްމާލެއިން ދޫކުރާ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރެއް ނޫން: މުއްތަލިބް

ރަސްމާލެއިން ދޫކުރާ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރެއް ނޫން: މުއްތަލިބް

9 ދުވަސް ކުރިން - 13:33

11 ރަށެއްގެ މަގު ތަރައްގީކުރުމަށް 912 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

11 ރަށެއްގެ މަގު ތަރައްގީކުރުމަށް 912 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

13 ދުވަސް ކުރިން - 17:15

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

37 ދުވަސް ކުރިން - 14:34