Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާސަންދަގެ ބަޖެޓް 3.2 ބިލިއަނަށް އުފުލުމުން އޭގައިވާ ބޭކާރު ޚަރަދު ސަރުކާރުން ހުއްޓުވާލަނީ

އާސަންދަގެ ބަޖެޓް 3.2 ބިލިއަނަށް އުފުލުމުން އޭގައިވާ ބޭކާރު ޚަރަދު ސަރުކާރުން ހުއްޓުވާލަނީ

އައިޝަތު ރުވާ ރިފްޢަތު
727 ދުވަސް ކުރިން - 12 ސެޕްޓެންބަރު 2024 23:46
ހީނާ ވަލީދު / ފޮޓޯ: ޚުލާސާ
ހީނާ ވަލީދު / ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖޭގައި ބޭހުގެ އަގު ބޮޑުކަން ފާހަގަކުރަމުން، މާލީ ވުޒާރާއިން ބުނެފައިވަނީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމަށް ނިންމާފަކަމަށާއި މިއީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ލިބޭނެ ލުޔެއް ކަމަށްވެސް އެ ވުޒާރާއިން ބުނޭ. ރައްޔިތުންނަށް ދެމުންދާ މި މުހިންމު ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒު

2011 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފެއްދި އާސަންދަ ކުންފުނިން ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު އަހަރުން އަހަރަށް އިތުރުވަމުން ގޮސްފައިވާކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

މިގޮތުން 2022 ވަނަ އަހަރު އާސަންދައިން 2.8 ބިލިއަން ރުފިޔާ ބިލުކޮށްފައިވާއިރު، 2023 ވަނަ އަހަރު މި އަދަދު 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހޭދަވަނީ ބޭހާއި ކޮންސިއުމަބަލްސް އަށްކަން ފާހަގަ ކޮށްފައި ވެއެވެ.

ރާއްޖޭގައި ބޭހުގެ އަގު ބޮޑުކަން ފާހަގަކުރަމުން، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ބޭސް ވިއްކަމުން އައީ 200% އާއި 2000%އާއި ދެމެދުގެ ފައިދާއެއް ލާފައެވެ. މިއީ ހަމަ ގައިމުވެސް އާސަންދައިގެ ބަޖެޓުން ބޭރުވާ ފައިސާއެވެ. 

Advertisement

Advertisement 1

މާލީ ވުޒާރާއިން ބުނެފައިވަނީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމަށް ނިންމާފައި ކަމަށެވެ. މިއީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ލިބޭނެ ލުޔެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އާސަންދައިގެ ޚިދުމަތްތަކަށް ކުރާ ޚަރަދު އިތުރުވަމުންދާއިރު، ދައުލަތުގެ ބަޖެޓަށް އިންތިހާއަށް ބުރަ ވެފައިވާތީވެ، އެކަން ހައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރައްޔިތުންނަށް ދެމުންދާ މި މުހިންމު ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒު ކަމުގައިވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އާސަންދަފިނޭންސް
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ނާފިޒު

726 ދުވަސް ކުރިން - 06:32

ބަލްކް ޕްރޮކިޔުމަންޓް ގެ ބަދަލަުގައި ކެޕް ކުރަން މާ ރަގަޅުވާނެ.. ރާއްޖޭގައި ކޮންމެ ވިޔަފާރިއެއްވެސް އޮންނަނީ މިކަހަލަ ގޮތަކަށް އެއްޗެހިތައް އެހާމެ އަނގުބޮޑު އެކަމަކު އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކޮންމެ ކެޓަގަރީއެއް ވިއްކޭނެ އެންމެ މަތީ އަގެއްގައި ކެޕް ކުރެވެން ޖެހޭނެ ނަމަވެސް ވިޔަފާރިވެރިންގެ ޖީބިގަ ސަރުކާރު އޮތުމުގެ ސަބަބުން މިކަމެއް އެއްވެސް ސަރުކާރަކުން ކުރާކަށް މަސައްކަތެއް ނުކުރޭ

ގުޅޭ ޚަބަރުތައް

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

60000 އަށްވުރެ ގިނައިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ކަނޑާލަނީ

60000 އަށްވުރެ ގިނައިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ކަނޑާލަނީ

2 ދުވަސް ކުރިން - 14:01

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

8 ދުވަސް ކުރިން - 19:00

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

22 ދުވަސް ކުރިން - 11:07

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

23 ދުވަސް ކުރިން - 13:11

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

38 ދުވަސް ކުރިން - 16:07