ކޮވިޑް ފެސިލިޓީގެ ނަމުގައި 313 މިލިއަން ރުފިޔާގެ ލޯނެއް ނެގި - ފިނޭންސް

އުސްތާޛް އަލީ އާދަމް | 443 ދުވަސް ކުރިން - 13 ސެޕްޓެންބަރު 2024 10:24
ޚުލާސާ

ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ކޮވިޑު ފެސިލިޓީގެ ނަމުގައި ނެގި 18 މިލިއަން 4 ލައްކަ ޔޫރޯގެ ލޯނު ނުވަތަ 313129647,96ރުފިޔާ އެމްޑީޕީން ވެރިކަމުން ފޭބިއިރުވެސް ނުދައްކާ. ލޯނުތައް ނަގާފައި އެމްޑީޕީން އެ ފައިސާތައް މެނޭޖުކުރީ ގޯސްކޮށް. ފައިސާއަށް ޚިޔާޏާތްތެރިވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރޭ

އެމްޑީ ސަރުކާރުން ކޮވިޑް19 ހެލްތު ފެސިލިޓީގެ ނަމުގައި 18 މިލިއަން 4 ލައްކަ ޔޫރޯ ނުވަތަ 313129647,96ރުފިޔާގެ ލޯނެއް ނެގި ކަމަށް ފިނޭންސުން މަޢުލޫމާތު ދިނެވެ. ލޯނު ދޫކުރީ 2022 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހު ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުންނެވެ. 

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް އާއި ގުޅިގެން ބޮޑެތި ވައްކަމާއި ޚިޔާނާތް ހިންގާފައިވާކަމެވެ. ވެންޓިލޭޓަރުތަކެއް ގެނައުމުގެ ނަމުގައި ވެސް އެމްޑީޕީ ސަރުކާރުގައި ބޮޑު ވައްކަމެއް ކުރިކަން ފަޅާއެރިއެވެ. ވެންޓިލޭޓަރުތައް ގަތުމަށް ސަރުކާރުން އިއުލާން ކުރުމުން ދިވެހި ކުންފުނިތަކުން އަގުތައް ވެސް ހުށަހެޅިއެވެ.

ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައިވާ އަގުތަކަށް ބަލާއިރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިން އަގަކީ 288،914 ރުފިޔާ އެވެ. ނާޑު ޕްރައިވެޓް ލިމިޓެޑުން ހުށަޅާފައިވަނީ 351،577 ރުފިޔާ އެވެ.

ނަމަވެސް، އެކުންފުނިތަކަށް ނުދީ އެމްޑީޕީގެ ސަރުކާރުން ހެދި ގޮތަކީ ޑުބާއީގެ ކުންފުންޏަކާއި ޕްރޮޖެކްޓު ހަވާލުކުރީއެވެ. ޑުބާއީ އަކީ އެކި މީހުންގެ ނަންނަމުގައި ކުންފުނިތައް ހިންގާ އަދި މަނީ ލޯންޑްރިންގެ ކުށްތައް ހިންގުމުގައި މަޝްހޫރު ތަނެކެވެ.

ކޮވިޑް19އިގެ ވައްކަމުގެ ތެރެއިން، 75 ވެންޓިލޭޓަރު ކޮންމެ ވެންޓިލޭޓަރަކަށް 501150 ރުފިޔާގެ މަގުން ގަތުމަށް ޑުބާއީގެ ކުންފުންޏަކާއި ހަވާލުކުރީ ނުހައްގުން ކަމަށް އޭސީސީން ބުނެފައި ވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ އެއީ އެމްޑީޕީ ސަރުކާރުގެ އިސް ބަޔަކު އަޑީގައި ތިބެގެން ކުރި ވައްކަމަކަށެވެ. 

އެމްޑީޕީގެ ސަރުކާރުުގައި ހިންގި މި ވެންޓިލޭޓަރުގެ ވައްކަމާއި ނުވަތަ ޚިޔާނާތާއި ގުޅިގެން އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ޕީޖީ އޮފީހުގައި ހުރި އެމައްސަލައިގެ ފައިލް ލައްޕަވާލުމަށްފަހު މައްސަލަ ޝަރީޢަތަށް ނުފޮނުވަން ނިންމަވާފައެވެ. އެއީ އޭރުގައި ޕީޖީގެ މަޤާމުގައި ހުންނެވި ހުސައިން ޝަމީމަށް މިސަރުކާރުގެ އިުބާރު ގެއްލުނު ސަބަބެކެވެ.

ސަބަބު:

  • އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓު ފައިސާ ދިނީއެވެ. 2 މިލިއަނެއްހާ ޑޮލަރެވެ. އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް ވެސް ނުބަހައްޓައެވެ. އެ ވެންޓިލޭޓަރެއް ކޮވިޑް19 ނިމުނުއިރު ވެސް ރާއްޖެއަކަށް ނާދެއެވެ.
  • މި ވައްކަމުގައި 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުޢާމަލާތްތަކުގައި، އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގ ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
  • މިގޮތުން ފޮނުވާފައިވާ ޕްރޮފޯމަރ އިންވޮއިސްގައި މި ދެ ފަރާތުގެ ނަން އޮތްކަންވެސް ފާހަގަކުރެވޭ ކަމަށާއި ނަމަވެސް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގްއާއި އިމަޖެންސީ ހެލްތް ކެއަރ ޓްރެއިނިންގ ސެންޓަރއާ ހުރި ގުޅުން ލިޔެކިއުންތަކުންނާއި އެއްބަސްވުމުގައި ސާފުކޮށް އެނގެން ނެތެވެ. 

 މިއީ ވެސް ކޮވިޑާއި ގުޅިގެން ކޮށްފައިވާ ވައްކަމެކެވެ. 

ފިނޭންސް މިނިސްޓްރީން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮވިޑު ފެސިލިޓީގެ ނަމުގައި ނެގި 18 މިލިއަން 4 ލައްކަ ޔޫރޯގެ ލޯނު ނުވަތަ 313129647,96ރުފިޔާ އަދި އޮތީ ނުދައްކައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%