Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބިދޭސީން ދިރިއުޅޭ ޤަވާއިދާ ޚިލާފު ތަންތަނަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް

ބިދޭސީން ދިރިއުޅޭ ޤަވާއިދާ ޚިލާފު ތަންތަނަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް

އައިޝަތު ރުވާ ރިފްޢަތު
670 ދުވަސް ކުރިން - 12 ސެޕްޓެންބަރު 2024 22:01
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ރާއްޖެއަށް ބިދޭސީން އެތެރެކުރާ ބައެއް ފަރާތްތަކުން، އެ ބިދޭސީންގެ ދިރިއުޅުމުގެ އިންތިޒާމު ހަމަޖެއްސުމަކާ ނުލައި އެމީހުން ދޫކޮށްލާކަން ފާހަގަ ކުރެވޭކަމަށާއި މި ފަދަ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގޭ އެކޮމޮޑޭޝަންތަކެއް ހުރިކަން އޮޕަރޭޝަންތަކުން ދައްކައިދޭކަމަށް އިމިގްރޭޝަނުން ބުނެފައިވޭ. މި އެކޮމޮޑޭޝަންތައް ޢާންމުކޮށް ހިންގަނީ މާލޭގައި ހުންނަ ބާވެފައިވާ ޢިމާރާތްތައް ބޭނުންކޮށްގެން، އެ ތަންތަން ބިދޭސީންނަށް ކުއްޔަށް ދޫކޮށްގެން.

މާލެއާއި ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ޤަވާއިދާ ޚިލާފު ތަންތަނަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް 18 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި އޮޕަރޭޝަންގައި ގިނަ ސަރުކާރު އިދާރާތަކެއް ބައިވެރިވެއެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 8 އެކޮމޮޑޭޝަން ބްލޮކް ވަނީ ބަލައި ފާސްކޮށްފައެވެ.

Advertisement

Advertisement 1

އިމިގްރޭޝަނުން ބުނީ، ރާއްޖެއަށް ބިދޭސީން އެތެރެކުރާ ބައެއް ފަރާތްތަކުން، އެ ބިދޭސީންގެ ދިރިއުޅުމުގެ އިންތިޒާމު ހަމަޖެއްސުމަކާ ނުލައި އެމީހުން ދޫކޮށްލާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން، މިފަދަ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގޭ އެކޮމޮޑޭޝަންތަކެއް ހުރިކަން އޮޕަރޭޝަންތަކުން ދައްކައިދޭކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި، މި އެކޮމޮޑޭޝަންތައް ޢާންމުކޮށް ހިންގަނީ މާލޭގައި ހުންނަ ބާވެފައިވާ ޢިމާރާތްތައް ބޭނުންކޮށްގެން، އެ ތަންތަން ބިދޭސީންނަށް ކުއްޔަށް ދޫކޮށްގެން ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އިތުރަށް ބުނި ގޮތުގައި، މިފަދަ އެކޮމޮޑޭޝަންތައް ހުންނަނީ ޢާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަކަށެވެ. ޚާއްޞަކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އޭގެ ނޭދެވޭ އަސަރު ވަށައިގެންވާ އެންމެހައި ޢިމާރާތްތަކަށް ފޯރާނެ ފަދަ ގޮތަކަށް މި ތަންތަން ބައްޓަންކުރެވިފައި ހުރިކަން އެ އިދާރާއިން ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށްދާނީ ކިހާ ދުވަހަކަށްކަން އަދި ސާފުވެފައި ނުވިނަމަވެސް، މާލެއާއި ހުޅުމާލޭގައި ބޮޑެތި ރެއިޑުތައް ކުރިއަށްދާނެކަމަށާއި މި އޮޕަރޭޝަންގެ މަޤްޞަދަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެފަދަ މީހުން ދިރިއުޅޭ ނުރައްކާތެރި ތަންތަން ބަންދުކުރުންކަމަށް އިމިގްރޭޝަން އިން ބުންޏެވެ.

އިމިގްރޭޝަންބިދޭސީން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

4 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

4 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

7 ދުވަސް ކުރިން - 18:08

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެ، ސަލާމަތީ ބާރުތައް ނެރެފި

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެއްޖެ

14 ދުވަސް ކުރިން - 22:53

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

35 ދުވަސް ކުރިން - 18:19

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

45 ދުވަސް ކުރިން - 20:48