މި މަހުގެ 9 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސް އަކުން ޒަޚަމްތަކާއެކު މީހަކު ފެނުމާ ގުޅިގެން 23 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ހައްޔަރުކުރެވުނު ދެ މީހުންނަކީވެސް 23 އަހަރުގެ ދެ ޒުވާނުންނެވެ. އެއީ ކ. ތުލުސްދޫ / ޕެރިސް ފައުޒަން ޒަރީރާއި، މާލޭ މއ. ވޮއްކޮޅުގެ އަޙްމަދު މާޒިން އިބްރާހިމެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ޒަޚަމްތަކާއެކު ފެނުނު ދިވެހި ފިރިހެނާއަށް ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.