2022–2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިއަދު ދަރުބާރުގޭގައި 3 ދަންފަޅިއަށް ބަހާލައިގެން ފެށިއްޖެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުރިހާ ދަންފަޅިއެއްގައި ބައިވެރިވެވަޑައިގަންނަވާނެ. ފުރަތަމަ ދަންފަޅީގައި 131 ދަރިވަރަކަށް 133 އެވޯޑް ދީފައިވާއިރު، މުޅި ރަސްމިއްޔާތުގައި ޖުމްލަ 441 ދަރިވަރަކަށް އިނާމު ދެވޭނެ މީގެ ތެރޭގައި ޤައުމީ ގަދަ 10 ގައި ހިމެނޭ 376 ދަރިވަރުންނާއި، ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުން ހިމެނޭ.
760 ދުވަސް ކުރިން - 15:18
ފުލުހުން ބުނީ މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނުގައި 86.26 ގްރާމް ހުރިކަމަށް ފުލުހުން ބުނި.
760 ދުވަސް ކުރިން - 15:15
އެޗްޑީސީން ބުނީ މި ބިންތައް ވިއްކާނީ ހަމައެކަނި ދިވެހިންނަށް ކަމަށް. އެގޮތުން އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ ކަމަށް އެޗްޑީސީން ބުނި. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުނި.
760 ދުވަސް ކުރިން - 15:10
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޤައުމީ ތަރިކައިގެ ދުވަހާ ގުޅިގެން އެކްސް ޕްލެޓްފޯމުގައި މެސެޖެއް ޙިއްސާކުރައްވައިފި. މެސެޖުގައި، ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ އެންމެ ބޮޑު ހެކިވެރިޔާއަކީ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަކަން ފާހަގަކުރައްވައި، ދިވެހިންގެ ފަޚުރުވެރި ތާރީޚުގެ މުހިންމުކަން ބަޔާންކުރައްވާފައިވޭ.
760 ދުވަސް ކުރިން - 14:36
ގްރޭޑް 1 އިން ގްރޭޑް 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިސްކަލު ލިބޭނެ ގޮތަށް ނިންމާފައިވަނީ އެއްވެސް ރެޔެއް ދޫކޮށް ނުލައި ޖަމާޢަތުގައި ނަމާދު ކުރާ ކުދިންނަށް ކަމަށް އިމާމު ވިދާޅުވި. މި ޕްރޮގްރާމުގައި 38 ކުދިންނަށް ވަނީ ބައިސްކަލު ދީފައި.
760 ދުވަސް ކުރިން - 14:16
ވީޑިއޯއިން ފެންނަނީ އެ އަންހެންމީހާ ސައިކަލުގައި އަންނައިރު ބާރު ސްޕީޑުގައި އައި އެހެން ސައިކަލަކުން އޭނާގެ ސައިކަލުގައި ޖެހި އަންހެންމީހާ ވެއްޓި ވަރަށް ބާރަށް ބިންމަތީގައި ބޯ ޖެހޭ މަންޒަރު. އަދި ދުވެފައި އައިސް މީހަކު ވަގުތުން އޭނާއަށް އެހީތެރިވުމަށް މަސައްކަތްކުރާތަން ފެނޭ.
760 ދުވަސް ކުރިން - 14:03
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލަން ނިންމަވާފައި. މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން. އޮތޯރިޓީގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން.
760 ދުވަސް ކުރިން - 14:00
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމާއި ރޭނުމުގެ މަސައްކަތަކުގެ އިތުރުން ހިޔާކުރުމުގެ މަސައްކަތަށް ތައްޔާރުވުމާއި، ދޮރުގެ ފިންތަކުގެ މަސައްކަތް. މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 50.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް.
760 ދުވަސް ކުރިން - 13:58
އިމާމުން ތާޒާކުރުމުގެ މަޝްރޫޢުގެ ދަށުން 6 އަތޮޅެއްގެ އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގުރާމް ފެއްޓެވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ފެށުނު ފަހުން އިމާމުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮގުރާމްތައް ކުރިއަށް ގެންގޮސްފައިވާނެކަމަށާއި އެގޮތުން ރާއްޖޭން ބޭރަށް ދަތުރުކޮށް އިތުރު ތަމްރީން ހޯދުމުގެ ފުރުސަތުވެސް ހޯދާދެވިފައިވާކަމަށް.
760 ދުވަސް ކުރިން - 13:54
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު 25 މަޝްރޫއުއެއް ކުރިއަށްދާއިރު އޭގެ ތެރޭގައި ހިމެނެނީ 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، 1 ޤުރުއާން ސެންޓަރެއްގެ މަސަައްކަތުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ 1 މިސްކިތެއްގެ މަސައްކަތް.
760 ދުވަސް ކުރިން - 13:50
ކުރީގެ ރައީސް ޔާމީނާއި އަދަދު ގެ ވެރިޔާ ފިޔާޒު ދޮގު ފަތުރާ ކަމަށް ތުހުމަތުކޮށް ، ޕީއެންސީއާއި ގުޅޭ ކޮރަޕްޝަންގެ ދައުވާތައް ފަލާހު ވަނީ ދޮގުކޮށްފަ. މި ދޮގު ތުހުމަތުތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުންދާކަން ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދީފަ އެވެ.
760 ދުވަސް ކުރިން - 11:04
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު 25 މަޝްރޫއުއެއް ކުރިއަށްދާއިރު އޭގެ ތެރޭގައި ހިމެނެނީ 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، 1 ޤުރުއާން ސެންޓަރެއްގެ މަސަައްކަތުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ 1 މިސްކިތެއްގެ މަސައްކަތް.
760 ދުވަސް ކުރިން - 13:50