ރޭ ހުވަދުއަތޮޅު އުތުރުބުރީ ވިލިގިލީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއްވެ އެމެޖެންސީގައި އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.
ބްރޭކިންގއެމްވީގައިވާ ވީޑިއޯއިން ފެންނަނީ އެއަންހެންމީހާ ސައިކަލުގައި އަންނައިރު ބާރު ސްޕީޑުގައި އައި އެހެން ސައިކަލަކުން އޭނާގެ ސައިކަލުގައި ޖެހި އަންހެންމީހާ ވެއްޓި ވަރަށް ބާރަށް ބިންމަތީގައި ބޯ ޖެހި ބައުންސްވާ މަންޒަރެވެ. އަދި ދުވެފައި އައިސް މީހަކު ވަގުތުން އޭނާއަށް އެހީތެރިވުމަށް މަސައްކަތްކުރާތަން ވީޑިއޯއިން ފެނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި އާދަޔާ ޚިލާފު ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވާތީވެ، ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ބާރަށް ދުއްވާ އުޅަނދުތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލައި މަގުތަކަކީ އަމާން މަގުތަކެއް ކަމަށް ހެދުމަށް އިލްތިމާސް ކުރައްވާފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ މި ޙާދިސާ ތަހުޤީޤު ކުރަމުންނެވެ.









