ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ފާހަގަކުރަމުން އަންނަ ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
މި ތަހުނިޔާ ފޮނުއްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ދިވެހި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ އެންމެ ބޮޑު ހެކިވެރިޔާއަކީ އަޅުގަނޑުމެންގެ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަކަމަށް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ދިވެހިންގެ ފަޚުރުވެރި ތާރީޚުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ތަރިކައިގެ ދުވަހަކީ ދިވެހިންގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވޭ ދުވަހެކެވެ. ރައީސް މުއިއްޒުގެ މި މެސެޖުން، ޤައުމީ ތަރިކަ ރައްކާތެރިކޮށް ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮރުކޮށްދިނުމުގެ މުހިންމުކަން އަލިއަޅުވާލައްވާފައިވެއެވެ.









