40 ދުވަހު ޖަމާޢަތުގައި ފަތިސް ނަމާދު ކުރި ކޮންމެ ކުއްޖަކަށް އިމާމުގެ ފަރާތުން ބައިސްކަލެއް ދީފި

އަައިޝަތު ޒީނާ | 402 ދުވަސް ކުރިން - 12 ސެޕްޓެންބަރު 2024 14:16
40 ދުވަހު ޖަމާޢަތުގައި ފަތިސް ނަމާދު ކުރި ކުދިންނަށް ބައިސްކަލު ދިނުން. ފޮޓޯ: އިހަވަންދޫ ކައުންސިލް
40 ދުވަހު ޖަމާޢަތުގައި ފަތިސް ނަމާދު ކުރި ކުދިންނަށް ބައިސްކަލު ދިނުން. ފޮޓޯ: އިހަވަންދޫ ކައުންސިލް
ޚުލާސާ

ގްރޭޑް 1 އިން ގްރޭޑް 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިސްކަލު ލިބޭނެ ގޮތަށް ނިންމާފައިވަނީ އެއްވެސް ރެޔެއް ދޫކޮށް ނުލައި ޖަމާޢަތުގައި ނަމާދު ކުރާ ކުދިންނަށް ކަމަށް އިމާމު ވިދާޅުވި. މި ޕްރޮގްރާމުގައި 38 ކުދިންނަށް ވަނީ ބައިސްކަލު ދީފައި.

މެދުކެނޑުމެއްނެތި 40 ދުވަހު ޖަމާޢަތުގައި ފަތިސް ނަމާދު ކުރި ކޮންމެ ކުއްޖަކަށް ހއ. އިހަވަންދޫގެ އިމާމެއްގެ ފަރާތުން ބައިސްކަލެއް ދީފިއެވެ.

އިހަވަންދޫ މަސްޖިދުއް ތަޤުވާނު މިސްކިތުގެ އިމާމު ހުސެއިން ރަޝީދު އިސްނަންގަވައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 38 ކުދިންނަށް ވަނީ ބައިސްކަލު ދީފައެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމަކީ އެ ރަށު ކުދިން ފަތިސް ނަމާދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.

ގްރޭޑް 1 އިން ގްރޭޑް 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިސްކަލު ލިބޭނެ ގޮތަށް ނިންމާފައިވަނީ އެއްވެސް ރެޔެއް ދޫކޮށް ނުލައި ޖަމާޢަތުގައި ނަމާދު ކުރާ ކުދިންނަށް ކަމަށް އިމާމު ވިދާޅުވިއެވެ. އެގޮތުން ޖެހި ޖެހިގެން ނަމާދު ނުކުރެވުނު ބައެއް ކުދިންނަށް ބައިސްކަލު ލިބިފައި ނުވާކަމަށް އިމާމު ވިދާޅުވިއެވެ.

40 ދުވަހު ޖަމާޢަތުގައި ފަތިސް ނަމާދު ކުރި ކުދިންނަށް ބައިސްކަލު ޙަވާލުކުރަނީ. ފޮޓޯ: އިހަވަންދޫ ކައުންސިލް

އިމާމު ހުސެއިން ރަޝީދު ވަނީ އިނާމެއްގެ ގޮތުގައި ކޮންމެ ކުއްޖަކަށް 500 ރުފިޔާ ހަމަޖައްސަވާ، ނަމާދުގައި ކިޔާ ތަކެތި ކިޔައިދިނުމާއި އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ވެސް ބާއްވާފައެވެ. އެގޮތުން ނަމާުގައި ކިޔާ ތަކެތި ކިޔައިގެން 35 ކުދިން އެ ޕްރޮގްރާމްގެ ދަށުން އިނާމު ހޯދާފައިވާއިރު، އަންމާފޮތް ހިތު ދަސްކޮށްގެން 8 ކުދިން ވަނީ އިނާމު ހޯދާފައެވެ.

އިމާމު ހުސެއިން ރަޝީދު މިހާރު ތައްޔާރުވަމުން އަންނަނީ ކުޑަކުދިންނަށް އިމާމުކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%