ހއ. އިހަވަންދޫގައި މިވަގުތަށް 200 ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެރަށުގައި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދިޔުން މުހިންމު ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު އިހަވަންދޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން މަރުޙަބާ ދަންނަވަނީ.
އިހަވަންދޫގައި ކުރިން އިޢުލާން ކޮށްފައި ވަނީ 100 ހައުސިންގ ޔުނިޓް އަޅައިދިނުމަށެވެ. އެހެންކަމުން މިއީ 100 ޔުނިޓު އިތުރު އަދަދެކެވެ.
"200 ހައުސިން ޔުނިޓު ދެން އެއީ ފުރަތަމަ މިވަގުތަށް. ކުރިއަށް އޮތް ތާގައި ރަށުގެ ހިންގޭނެ ތަރައްގީގެ މަޝްރޫޢުތަކާއި އެކުގައި އަޅުގަނޑުމެންގެ ވިސްނުމަކީ ތިބޭފުޅުންގެ ވިސްނުމާއި އެއްގޮތަށް ކުރިއަށް ދިޔުން," ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ގެދޮރު އިމާރާތް ކުރުމަށް 5އިމްސައްތައާއި އިންޓްރެސްޓް ރޭޓުގައި 2-4 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ 57 ރަށެއްގައި 12,000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް ބިޑަށް ހުޅުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މިހާތަނަށް އެކުލަވާލާފައިވާ އެންމެ ބޮޑު ބަޖެޓެވެ.