Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފް.އެސް.އެމްގެ އިހަވަންދޫ ފިއުލް ސްޓޭޝަން އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފި

އެފް.އެސް.އެމްގެ އިހަވަންދޫ ފިއުލް ސްޓޭޝަން އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
19 ގަޑިއިރު ކުރިން - 10 އޯގަސްޓް 2026 20:16
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް---
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް---
ޚުލާސާ

މި ސްޓޭޝަނުން ހިދުމަތް މެދުކަނޑާލަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި. މިއީ ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ފެށި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވުނު އެއް ސްޓޭޝަން.

ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފް.އެސް.އެމް) އިން ހއ. އިހަވަންދޫގައި ގާއިމްކޮށްފައިވާ ފިއުލް ސްޓޭޝަނަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކޮށް، އެ ތަނުން އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފް.އެސް.އެމް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިހަވަންދޫ ފިއުލް ސްޓޭޝަން މިހާރު ހުޅުވިފައިވާ ކަމަށާއި، އިހަވަންދޫގެ ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށެވެ.

މި ސްޓޭޝަނުން ހިދުމަތް މެދުކަނޑާލަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ. އެފް.އެސް.އެމް އިން ބުނި ގޮތުގައި، މައްސަލަ ދިމާވި ވަގުތުން ފެށިގެން އެ ކުންފުނީގެ ޓީމުން ދިޔައީ އެކަން ހައްލުކޮށް، ވީ އެންމެ އަވަހަކަށް ޚިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންނެވެ. ޚިދުމަތް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

Advertisement

Advertisement 1

ހއ. އިހަވަންދޫގައި މި ސްޓޭޝަން ހުޅުވާފައިވަނީ ރާއްޖޭގެ ރަށްތަކަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން 2026 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. މިއީ ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ފެށި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވުނު އެއް ސްޓޭޝަނެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނާއި، ދަތުރުފަތުރު ކުރާ ފަރާތްތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް މާލެ ސަރަހައްދަށް ބަރޯސާނުވެ، ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

އެފް.އެސް.އެމް އަކީ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ވެސް އެ ކުންފުނިން ދަނީ ޚިދުމަތްތައް ފުޅާކުރަމުންނެވެ.

އިހަވަންދޫ ސްޓޭޝަން އަލުން ހުޅުވުމާއެކު، އެ ރަށާއި އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް މިހާރު ވަނީ ތެޔޮ ލިބުމުގެ މަގު ފަހިވެފައެވެ. އެފް.އެސް.އެމް އިން ވަނީ އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އެފްއެސްއެމްހއ. އިހަވަންދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

29 ދުވަސް ކުރިން - 13:26

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

31 ދުވަސް ކުރިން - 16:38

ވިލިމާލޭގެ ތެލުގެ ދަތިކަމަށް ހައްލެއް: އެފް.އެސް.އެމްގެ އައު ފިއުލް ސްޓޭޝަންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި އެފް.އެސް.އެމް އިން ގާއިމުކުރާ ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

66 ދުވަސް ކުރިން - 15:48

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

77 ދުވަސް ކުރިން - 12:08

ދ. ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑެއް ހުޅުވައިފި

112 ދުވަސް ކުރިން - 00:45

ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

159 ދުވަސް ކުރިން - 15:00