ލަންކާގެ ޕީއެޗްޑީތައް ގަބޫލު ނުކުރަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް

އުސްތާޛް އަލީ އާދަމް | 518 ދުވަސް ކުރިން - 12 ސެޕްޓެންބަރު 2024 17:44
ޚުލާސާ

ކުރިން އެމްކިއުއޭއިން ލަންކާގެ އެއިމްސް ކޮލެޖުގެ ޕީއެޗްޑީ ކޯހެއް ފުރިހަމަކުރި 3 މީހެއްގެ ސެޓްފިކެޓް ގަބޫލުކުރާނެ ކަމަށް ބުނެފަ ފަހުން އެކަމާ ދެކޮޅު ހެދުމުން ، ހައިކޯޓުން ނިންމީ ސެޓްފިކެޓްތައް ގަބޫލުުރަން.

ލަންކާގެ އެއިމްސް ކޮލެޖުން ޕީއެޗްޑީ ހާސިލްކުރި 3 މީހެއްގެ ސެޓްފިކެޓްތައް ބަލައިގަންނަން ހައިކޯޓުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް އެމްކިއުއޭއިން ނިންމައިފިއެވެ.

މިމައްސަލައަކީ އެމްކިއުއޭއިން އެ 3 މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ދެކޮޅު ހެދުމުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އެކޯޓުން އެމްކިއުއޭގެ މައްޗަށް ކުރި ހުކުމަކުން އުފެދުނު މައްސަލައެކެވެ. 

 ސިވިލް ކޯޓަށް މިމައްސަލަ ހުށަހެޅުމުން އެކޯޓުން ވަނީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށާއި އެހެންނަމަވެސް ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާންޖެހޭނެ ކަމަށް ނިންމާފައެވެ. ސިވިލްކޯޓުގެ މި ނިންމުން މި ތިން މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަންގާރަ ދުވަހު ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް މިމައްސަލައިގައި ހިމެނޭ 3 މީހުންގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް އެމްކިއުއޭގެ މައްޗަށް ހުކުމް ކޮށްފައެވެ.


ފާޙަގަކޮށްލެވޭ މުހިއްމު ކަންތައްތައް:

  • ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ތިން މީހަކު ފެށީ، އެ ކޯސް ގަބޫލު ކުރާކަމަށް އެމްކިއުއޭއިން 2016 ވަނަ އަހަރު އެންގުމުން
  • 22 ފެބުރުވަރީ 2018 ގައި އެމްކިއުއޭއިނ ވަނީް “ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމާބެހޭ”ކަންތައްތަކެއް ބަލަން ފަށާފަ
  • 2018 އިން ފެށިގެން އެ ކޯސް ބަލައިގަތުން ހުއްޓާލިކަން އެމްކިއުއޭއިން ވަނީ އަންގާފަ
  • އެއިމްސް އިން ޕީއެޗްޑީ ހާސިލްކުރި 3 މީހުންގެ ސެޓްފިކެޓް 2021ވަނަ އަހަރު އެމްކިއުއޭއަށް ހުށަހެޅުމުން އެޕްރޫވްކޮށް ތަތްގަނޑު ޖެހުމަށް ވަނީ ދެކޮޅު ހަދާފަ

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޝިޔާމް

518 ދުވަސް ކުރިން - 19:12

ފަގީރަކައްވިއްޔާ ވަކިއުސޫލެއް މަހުޖަނެއްވިއްޔާ ވަކިއުސޫލެއް