Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މުހައްމަދު ޖަމްޝަތު
106 ދުވަސް ކުރިން - 29 އޭޕްރިލް 2026 15:27
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު---ފޮޓޯ: ޚުލާސާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު---ފޮޓޯ: ޚުލާސާ
ޚުލާސާ

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ގެނައުމަކީ ގާނޫނުއަސާސީގެ ސިޔާދަތާ ހިލާފު ކަމެއް ނޫން ކަމަށް

ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފުނޫން، ސައްހަ އިސްލާހެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެކެވެ. އަލީ ހުސައިން ވަނީ މި އިސްލާހަކީ ގާނޫނުއަސާސީގެ 26، 75 އަދި 90 ވަނަ މާއްދާއާ ފުށުއަރާ، ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ ބަދަލެއް ކަމަށް ބުނެ އެއީ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ. މި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ތަދައްޚުލްވެފައެވެ.

މި މައްސަލައިގައި ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ގެނައުމަކީ ގާނޫނުއަސާސީގެ ސިޔާދަތާ ހިލާފު ކަމެއް ނޫން ކަމަށެވެ.

Advertisement

Advertisement 1

އެމަނިކުފާނު ވަނީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމު އަދި ރިޔާސީ ނިޒާމުގެ ކަންކަން ހިމެނޭގޮތަށް ހިންގަމުންދާ ބަރުލަމާނީ ނިޒާމުތަކަށް އަމަލު ކުރަމުންދާ ގައުމުތަކުގައި އެންޓިޑިފެކްޝަން ގާނޫނުތަކާ ގުޅިގެން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރައްވާފައެވެ. އަދި ކުރިން ވެސް އެފަދަ ގާނޫނެއް ރާއްޖޭގައި 2017 ވަނަ އަހަރު ފާސް ކޮށްފައިވާ ކަމަށާއި، އެ އެ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި މިއީ 20 ވަނަ މަޖިލީހަށް ވެސް ހިނގާނެ އިސްލާހެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު 5 ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފައެވެ. ނަމަވެސް، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވަނީ އެ ރައުޔާ ތަފާތުވެ، އިސްލާހު ބާތިލް ކުރަންޖެހޭ ކަމަށް ރައުޔު ނެރުއްވާފައެވެ. މަޖިލީހަށް މެންބަރުން އިންތިހާބުކުރަނީ އެ މީހަކަށް ބަލައިގެން ކަމަށްވެފައި މެންބަރުން އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފުލް ބެންޗުގައި ހިމެނިވަޑައިގަތީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޝުޖޫންގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ރައްޔިތުންގެ މަޖިލިސްސުޕްރީމް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

18 ގަޑިއިރު ކުރިން - 11:29

މުހިންމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20 އަށް އިތުރުކޮށްފި

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20 އަށް އިތުރުކޮށްފި

1 ދުވަސް ކުރިން - 14:13

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

9 ދުވަސް ކުރިން - 10:41

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

10 ދުވަސް ކުރިން - 14:32

ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ ނިޒާމު ބަދަލުކޮށްލާ އައު ބިލު މަޖިލީހަށް

ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ ނިޒާމު ބަދަލުކޮށްލާ އައު ބިލު މަޖިލީހަށް

15 ދުވަސް ކުރިން - 13:41

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބީ 'ޒުވާނުންގެ މަޖިލީހެއް' އުފައްދަވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބީ 'ޒުވާނުންގެ މަޖިލީހެއް' އުފައްދަވަނީ

17 ދުވަސް ކުރިން - 18:15