Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓު

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓު

މުހައްމަދު ޖަމްޝަތު
116 ދުވަސް ކުރިން - 31 މާޗް 2026 15:35
ސުޕްރީމް ކޯޓު. ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތްކަމަށް ކޯޓުންވަނީ މިއަދު ހުކުމްކޮށްފަ---ފޮޓޯ: ޚުލާސާ
ސުޕްރީމް ކޯޓު. ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތްކަމަށް ކޯޓުންވަނީ މިއަދު ހުކުމްކޮށްފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައި ނެތް: އުއްތަމަ ފަނޑިޔާރު

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި ވޯޓަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާހު ތަސްދީގު ކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ވޯޓެކެވެ. އަންނަ އަންގާރަ ދު

މި މައްސަލައަކީ ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. އެ ބޭފުޅުންގެ ފަރާތުން ކޯޓުގައި އެދުނީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފު ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވައިދިނުމަށެވެ.

Advertisement

Advertisement 1

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، "ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައި ނެތް" ކަމަށެވެ. އަދި މިހާރު އޮތް ސުވާލަކީ މަޖިލީހުން ފާސްކުރި އިސްލާހުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް އޮތް ސުވާލެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުގެ ސުވާލު މިހާރު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން، އެ ވޯޓު ނެގުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ހިމެނިވަޑައިގަންނަވައެވެ.

މި ވޯޓު ހުއްޓުވުމަށް އެމްޑީޕީގެ ފަރާތުން މީގެ ކުރިން ސިވިލް ކޯޓަށާއި ހައި ކޯޓަށް ވެސް މައްސަލަތަކެއް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުތަކުން އެ މައްސަލަތައް ބަލައިގެންފައެއް ނުވެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ވޯޓު ނެގުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައެވެ.

ސުޕްރީމް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ހުކުމް ކޮށްފި

87 ދުވަސް ކުރިން - 15:27

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

89 ދުވަސް ކުރިން - 23:06

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

94 ދުވަސް ކުރިން - 23:25

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

104 ދުވަސް ކުރިން - 13:47

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

ރިފަރެންޑަމްގެ ސުވާލު ގާނޫނާ ހިލާފެއް ނޫން:ދައުލަތް

121 ދުވަސް ކުރިން - 16:38

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ރިފަރެންޑަމް ހުއްޓުވުމުގެ މައްސަލަ ކޯޓުން ބަލައި ނުގަތް!

122 ދުވަސް ކުރިން - 21:20