Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ހުސައިން އިސްމާއިލް
59 ދުވަސް ކުރިން - 27 އޭޕްރިލް 2026 23:06
ޕީޖީ އޮފީސް ހުންނަ ވެލާނާގޭ އިމާރާތް. ފޮޓޯ: ޚުލާސާ
ޕީޖީ އޮފީސް ހުންނަ ވެލާނާގޭ އިމާރާތް. ފޮޓޯ: ޚުލާސާ
ޚުލާސާ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހުށަހެޅޭނެ.

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކުރެވޭ ލިޔުންތައް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ބަލައި ދިރާސާކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް އެ އޮފީހުން ހަމަޖައްސައިފިއެވެ.

މި އިންތިޒާމު ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު: 2026/SC-A/09 (ޕްރޮސިކިއުޓާ ޖެނެރަލް ވ. މުހައްމަދު) ގަޟިއްޔާގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ގަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ހެކި ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ހިމެނޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ހަރުދަނާ އުސޫލުތަކަކާއި ޝަރުތުތަކާއެކު ޕީޖީ އޮފީހުގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި އެ ފުރުސަތު ދިނުމަށް އެންގުމުގެ އިހުތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި، 26 އެޕްރީލް އިން ފެށިގެން ޕީޖީ އޮފީހުން ވަނީ ދިފާއަށް މިފަދަ ލިޔުންތައް ބަލައި ދިރާސާކުރެވޭނެ ލުއި އިންތިޒާމެއް ގާއިމުކޮށްފައެވެ. މި މަސައްކަތް ކުރިއަށްގެންދާނީ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުންނެވެ.

Advertisement

Advertisement 1

މި އުސޫލުގައިވާ ގޮތުން، ދަޢުވާލިބޭ ފަރާތަށް ލިޔުންތައް ދެއްކުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. މި ފޯމާއި އުސޫލު ޕީޖީ އޮފީހުގެ ވެބްސައިޓް (www.pgoffice.gov.mv) އިން މިހާރު ލިބެން ހުންނާނެއެވެ.

ޕީޖީ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި އުސޫލުގެ ދަށުން ހެކިތައް ދިރާސާކުރުމުގެ ފުރުސަތު ދެވޭނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށް، އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ތަނެއްގައެވެ. މިއީ ޝަރީއަތްތަކުގެ މަސައްކަތް ހަރުދަނާކޮށް، އަދުލުވެރި ދައުވާއެއް ކުރުމުގެ ހައްގު ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސުޕްރީމް ކޯޓުޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

27 ދުވަސް ކުރިން - 17:47

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

47 ދުވަސް ކުރިން - 17:52

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ހުކުމް ކޮށްފި

58 ދުވަސް ކުރިން - 15:27

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

64 ދުވަސް ކުރިން - 23:25

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް އަންގައިފި

68 ދުވަސް ކުރިން - 17:32

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

75 ދުވަސް ކުރިން - 13:47