Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިރުބަވެރިކަމުގެ މައްސަލައެއްގައި އިންޓެލިޖެންސް އޮފިސަރުންގެ ހެކިބަސް ސިއްރުކުރުމާމެދު އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން އަންގައިފި

ނިރުބަވެރިކަމުގެ މައްސަލައެއްގައި އިންޓެލިޖެންސް އޮފިސަރުންގެ ހެކިބަސް ސިއްރުކުރުމާމެދު އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން އަންގައިފި

އައިޝަތު އިމްސާ
3 ގަޑިއިރު ކުރިން - 15 ސެޕްޓެންބަރު 2026 10:45
ސުޕްރީމް ކޯޓު / ފޮޓޯ: ހުލާސާ
ސުޕްރީމް ކޯޓު / ފޮޓޯ: ހުލާސާ
ޚުލާސާ

ނިރުބަވެރިކަމުގެ މައްސަލައެއްގައި ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ ހެކިބަސް ސިއްރުކުރުމުގެ އަމުރާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަންގައި، ހައިކޯޓުގެ ނިންމުން ބާތިލުކޮށްފި. އެއީ އޮފިސަރުންގެ ވަނަވަރު ހާމަވުމުން އޮތް ނުރައްކަލާއި ދައުލަތުގެ ސެކިއުރިޓީއަށް ރިއާޔަތްކުރުމަށް.

ނިރުބަވެރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ ހެކިބަހުގެ ސިއްރުކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވަނީ، ނިރުބަވެރިކަން މަނާކުރުމުގެ ގާނޫނުގެ ދަށުން ހަނގުރާމައަށް ދާން އުޅުމާއި، ނިރުބަވެރި ޖަމާއަތްތަކަށް ތާއީދުކުރާ ލިޔުން ގެންގުޅުމުގެ އިތުރުން ނިރުބަވެރިކަމުގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ލިބޭ ސ. މަރަދޫފޭދޫ ފިނިފެންމާގެ އިބްރާހިމް ވިސާމާއި، ގދ. ނަަޑެއްލާ ހިތަށްފިނިވާގެ ސައުސަން ރަޝީދު އަދި މ. އެޗީވް އަބްދުﷲ ހުވައިރިޘް ބިން މުހައްމަދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ހުށަހެޅި އިންޓެލިޖެންސް އޮފިސަރުގެ ހެކިބަސް ސިއްރުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމުންވެސް، އެއީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނަގަންޖެހޭ އެކަށީގެންވާ ސަބަބެއް ދެއްކިފައި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދީފައި ނުވާތީއެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ހައިކޯޓުންވެސް ތާއިދުކޮށްފައި ވަނިކޮށް ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ދައުލަތުން އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ހެކިބަސް ދޭން ހުރި އިންޓެލިޖެންސް އޮފިސަރަކީ ކާކުކަން ހާމަވުމުގެ ސަބަބުން އެ އޮފިސަރު އެހެން ޑެސްކް ޖޮބަކަށް ބަދަލުކުރަން ޖެހުނު ކަމަށެވެ. އަދި ރާއްޖޭގެ އިންޓެލިޖެންސްގައި މަސައްކަތް ކުރަނީ ނިސްބަތުން މަދު ބަޔަކަށް ވެފައި، އެމީހުންގެ ވަނަވަރު ހާމަވުމަކީ އިންޓެލިޖެންސް އަދި ތަހުގީގީ އޮޕަރޭޝަންތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ލިޔުއްވި ހުކުމަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދުކުރައްވާފައެވެ. އެ ހުކުމުގައި ފާހަގަކުރައްވާފައިވަނީ އިންޓެލިޖެންސް އޮފިސަރުންގެ ވަނަވަރު ހާމަވެއްޖެނަމަ އެކަށީގެންވާ ނުރައްކަލެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އޮފިސަރުންގެ މަސައްކަތުގެ ތަބީއަތަށް ބަލައި ޖަމާއީ ގޮތެއްގައި ނުރައްކަލެއް އޮތްކަން ބުނެދެވުމުން ފުދޭނެ ކަމަށެވެ. އަދި ހެކިބަސް ސިއްރުކުރުމާމެދު ގޮތެއް ނިންމާއިރު ވަކި ފަރުދަކަށް އޮތް ނުރައްކަލުގެ އިތުރުން، ދައުލަތުގެ ސެކިއުރިޓީ ނިޒާމާއާއި މައުލޫމާތު ސިއްރުކުރުމުގެ އާންމު މަސްލަހަތަށްވެސް ކޯޓުން ރިއާޔަތްކުރަންޖެހޭނެ ކަމަށް ބަޔާންކޮށް، ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ހެކި ހިމާޔަތް ކުރުމުގެ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައެވެ.

ސުޕްރީމް ކޯޓުހައިކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

8 ދުވަސް ކުރިން - 16:18

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި އިސްލާމް މުދައްރިސަށް 15 އަހަރުގެ ޖަލު ހުކުމެއް

ޖިންސީ ގޯނާ ކުރި އިސްލާމް މުދައްރިސް 15 އަހަރަށް ޖަލަށް ލައިފި

25 ދުވަސް ކުރިން - 17:52

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ހުކުމް ކޮށްފި

138 ދުވަސް ކުރިން - 15:27

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

140 ދުވަސް ކުރިން - 23:06

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

145 ދުވަސް ކުރިން - 23:25

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރައްވައިފި

147 ދުވަސް ކުރިން - 22:36