Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
141 ދުވަސް ކުރިން - 20 އޭޕްރިލް 2026 22:36
ހައިކޯޓުގެ ފަނޑިިޔާރުކަމުގެ ލިޔުމުގައި ޖަމީލް މޫސާ ސޮއިކުރައްވަނީ / ފޮޓޯ: ހައި ކޯޓް
ހައިކޯޓުގެ ފަނޑިިޔާރުކަމުގެ ލިޔުމުގައި ޖަމީލް މޫސާ ސޮއިކުރައްވަނީ / ފޮޓޯ: ހައި ކޯޓް
ޚުލާސާ

އެމަނިކުފާނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ކޯޓު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރުކަންވެސް ފާހަގަކޮށްލެވޭ.

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވައިފި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ޖަމީލް އައްޔަން ކުރެއްވިއިރު، އެމަނިކުފާނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ކޯޓު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރެވެ. ޖަމީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 3 އޮގަސްޓް 2023 ގައެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އެމަނިކުފާނަކީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްވެސް މެއެވެ.

Advertisement

Advertisement 1

ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޖަމީލް ވަނީ މީގެ ކުރިން މުހިންމު މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން 23 ސެޕްޓެމްބަރު 2003 އިން 31 ޖަނަވަރީ 2009 އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ. އަދި 1 ފެބްރުވަރީ 2009 އިން 21 ފެބްރުވަރީ 2019 އާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ޖަމީލް މި މަގާމަށް އައްޔަން ކުރެއްވީ ޖޭއެސްސީން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހުގަ އެވެ.

ހައިކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

3 ދުވަސް ކުރިން - 16:18

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި އިސްލާމް މުދައްރިސަށް 15 އަހަރުގެ ޖަލު ހުކުމެއް

ޖިންސީ ގޯނާ ކުރި އިސްލާމް މުދައްރިސް 15 އަހަރަށް ޖަލަށް ލައިފި

20 ދުވަސް ކުރިން - 17:52

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

167 ދުވަސް ކުރިން - 20:04

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ރިފަރެންޑަމް ހުއްޓުވުމުގެ މައްސަލަ ކޯޓުން ބަލައި ނުގަތް!

167 ދުވަސް ކުރިން - 21:20

109 އަހަރުގެ ޖަލު ހުކުމް ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ޝިފާއުއަށް ކުރި 109އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

188 ދުވަސް ކުރިން - 16:05

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

191 ދުވަސް ކުރިން - 15:49